މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކާއި މެދު އާންމުން ދެކޭ ގޮތް ބަލަން ހުޅުވާލައިފި އެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެބޭފުޅުންނާއި މެދު އާންމުންގެ ޝަކުވާއެއް ނުވަތަ ހިޔާލެއް އޮތް ނަމަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ. ހިޔާލު ފޮނުވަން ޖެހެނީ [email protected] އަށެވެ.
ހިޔާލު ފޮނުވުމުގެ އެންމެ ފަހު ދުވަހަކީ މިމަހުގެ17 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
ރައީސް މަޖިލީހަށް ފޮނުއްވާފައި ނަންތަކުގެ ތެރޭގައި ހިމެނެނީ އަށް ބޭފުޅެކެވެ. އެއީ
- މުމްތާޒް ޢަބްދުއްރަޝީދު، މުރިނގު / ހދ.ހަނިމާދޫ
- ލީނާ މުޙައްމަދު ޒާހިރު ޙުސައިން، ހ.ނީލްވިލާ
- ހުޝާމް ވަޙީދު، ގ. މާލެހިޔާ 2 03-15
- ޢަލީ އިރުފާނު، ޑޭލައިޓްވިލާ / ސ. މަރަދޫފޭދޫ
- އިސްމާޢީލް ސާޖިދު، މއ.ވިލާރޮދި
- ޢާއިޝަތު ޢަޝާ ޢަލީ، ހ.އީސޓްވާރޑް
- ދަހާ ޝުޢައިބު، ހ.ކެރީބިއަން
- އިދުރީސް އިސްމާޢީލް، އަނީސާމަންޒިލް / މ. ދިއްގަރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް