5700 އަށްވުރެ ގިނަ ފަރާތަކަށް އިންކަމް ސަޕޯޓް އެލަވަންސް

އޭޕްރީލް، މެއި އަދި ޖޫންމަހު އިންކަމް ސަޕޯޓް އެލަވަންސަށް އެދުނު ފަރާތްތަކުގެ ތެރެއިން 5700 އަށްވުރެ ގިނަ ފަރާތަކަށް އިނާޔަތްދިނުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. ޕީއެސްއ...

13 Aug 2020 | 09:24

އޭޕްރީލް، މެއި އަދި ޖޫންމަހު އިންކަމް ސަޕޯޓް އެލަވަންސަށް އެދުނު ފަރާތްތަކުގެ ތެރެއިން 5700 އަށްވުރެ ގިނަ ފަރާތަކަށް އިނާޔަތްދިނުމަށް ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިންކަމް ސްޕޯޓު ޕްރޮޖެކްޓް ޑިރެކްޓަރ، ޝުހާދު އިބްރާހިމް ވިދާޅުވީ އޭޕްރީލް، މެއި އަދި ޖޫންމަހު އިންކަމް ސަޕޯޓް އެލަވަންސަށް އެދި 17000 އެޕްލިކޭޝަން ލިބުނު ކަމަށެވެ. އަދި އޭގެތެރެއިން 11000 އަށްވުރެ ގިނަ އެޕްލިކޭޝަނަކަށް އިނާޔަތްދިނުމަށް ނިންމާފައިވާކަމަށް ޝުހާދު ވިދާޅުވިއެވެ.

ޝުހާދު އިބްރާހިމް ވިދާޅުވީ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި އޭޕްރީލް، މެއި އަދި ޖޫން މަހު 11000 ހާހަށްވުރެ ގިނަ އެޕްލިކޭޝަން އެޕްރޫވްކޮށްފައިވާއިރު، މިއީ ގާތްގަނޑަކަށް 45.8 މިލިއަން ރުފިޔާކަމަށެވެ. އަދި މީގެތެރެއިން 90 އިންސައްތަ އަށްވުރެ ގިނަ ފަރާތްތަކަށް މިހާރު އެލަވަންސް ފައިސާ ދޫކޮށްފައިވާކަމަށްވެސް ޝުހާދު ވިދާޅުވިއެވެ.

އިންކަމް ސަޕޯޓު އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރއަށެވެ.

ޖޮބް ސެންޓަރގެ ވެބްސައިޓުގައި އިންކަމް ސަޕޯޓު އެލަވަންސް ލިބޭ ފަރާތްތަކުގެ މައުލޫމާތުތައް ދަނީ ހިއްސާކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް