ސްޓެލްކޯއިން ފުރަތަމަ ސޯލާ ޕެނަލް ހަރުކޮށްދީފި

ސްޓެލްކޯއިން ކުރިޔަށް ގެންދާ "ގްރީން ލައިފް އިނިޝިއޭޓިވް" ގެދަށުން ފުރަތަމަ ސޯލާ ޕެނަލް ހަރުކޮށްދީފި އެވެ. ސްޓެލްކޯއިން ބުނީ މިޕްރޮގްރާމްގެ ދަށުން އެކުންފުނިން ވިއްކަން ފަށާފައިވާ ސޯލާ ޕެނަލްތަކުގެ ފު...

13 Aug 2020 | 08:28

ސްޓެލްކޯއިން ކުރިޔަށް ގެންދާ "ގްރީން ލައިފް އިނިޝިއޭޓިވް" ގެދަށުން ފުރަތަމަ ސޯލާ ޕެނަލް ހަރުކޮށްދީފި އެވެ.

ސްޓެލްކޯއިން ބުނީ މިޕްރޮގްރާމްގެ ދަށުން އެކުންފުނިން ވިއްކަން ފަށާފައިވާ ސޯލާ ޕެނަލްތަކުގެ ފުރަތަމަ އިންސްޓަލޭޝަންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން ހެޔޮ އަގެއްގައި އިންސްޓޯލްމަންޓަށް ވެސް ލިބޭ އެ ސޯލާ ޕެނަލްތަކުގެ ސަބަބުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިގެންދާނެ ކަމަށެވެ. ސްޓެލްކޯއިން ބުނީ ސޯލާ ޕެނަލް ހަރުކުރުމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ކުޑަވެގެން ދާނެ ކަމަށާއި ހެޔޮ އަގެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ދޭނެ ކަމަށެވެ.

ސްޓެލްކޯއިން ރާއްޖެ އެތެރެކޮށް ވިއްކާ މި ސޯލާ ޕެނަލްތައް އެއްފަހަރާ ފައިސާ ދައްކާގޮތަށް އަދި އިންސްޓޯލްމެންޓަށް ދޫކުރެއެވެ. އިންސްޓޯލްމަންޓް ޕެކޭޖެއްގެ ދަށުން ވިއްކާ މި ސޯލާ ޕެނަލްތައް ހަރުކުރަން ހުއްދަ ހޯދައި ފައިސާ ދައްކާތާ 45 ދުވަސް ތެރޭގައި ސޯލާ ޕެނަލް ހަރުކޮށްދީ ނިންމާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯއިން ވިއްކާ ސޯލާ ޕެނަލަކަށް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހެނީ 5،000 ރުފިޔާ އެވެ. މިއީ 1.2 ކިލޯވޮޓްގެ ސޯލާ ޕެނަލް ތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް