ބ. އޭދަފުށީ މަގު ހެދުމުގެ މަޝްރޫއުގެ 50 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.
މި މަޝްރުއު ކުރިޔަށް ގެންދާ އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، ދުވާރުތަކުގެ ޑިޒައިންތައް ބަލާ ސާވޭ ކޮށް ހަދާނެ އެވެ. އަޅާފައިވާ ދުވާރުތަކަށް ބަލައި މަގުތަކުގައި ތާރު އަޅާ، އެ މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އަދި ސްޓޯމްވޯޓާ ސްޓޭޝަންތައް ހަރުކުރުމާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން އެމްޓީސީން އޭދަފުށިގައި ކުރާނެ އެވެ.
މި މަޝްރޫއު އެ ކުންފުންޏާއި ޕްލޭނިން މިނިސްޓްރީން ހަވާލު ކުރީ 38.3 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް 22 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް