އިލެކްޝަންސް ކޮމިޝަނުން އިދިކޮޅު މައި ޕާޓީ ޕީޕީއެމް ޖޫރިމަނާ ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ޕީޕީއެމް ޖޫރިމަނާ ކުރީ ސިޔާސީ ޕާޓީތަކުގެ ގަވައިދާ އެއްގޮތަށް މާލީ ކަންކަން ބަލަހައްޓާފައި ނުވާތީ ކަމަށެވެ. މި މައްސަލައިގަ އެ ގާނޫނުގެ ދަށުން ޕާޓީގެ އިތުރުން އެ ޕާޓީގެ ހަޒާންދާރު ޖޫރިމަނާ ކޮށްފައިވެ އެވެ.
ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަތަށް އެ ޕާޓީން 50،000 ރުފިޔާ ދައްކަން ޖެހެ އެވެ. ޖޫރިމަނާ ފައިސާ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި، އަހަރީ ހިސާބުތައް އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓްކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަނަށް އޮޑިޓް ރިޕޯޓު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އަދި އެ ގާނޫނުގައި ސިޔާސީ ޕާޓީތަކުން މާލީ ކަންކަން ކުރިއަށް ގެންދަން ޖެހޭގޮތް ވެސް ވަނީ ބަޔާންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް