މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމޭ ދުވަހާއި އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭ ދުވަހަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމު ކުރި އެކެޑެމިކް ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހު ތިނެއްގަ އެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށް ގެންދާނީ އަންނަ އަހަރު ޖެނުއަރީ 12 އިން 24 ޖޫން އަށެެވެ.
އެހެންކަމުން އަންނަ އަހަރު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ 10 އޮގަސްޓުގަ އެވެ.
https://twitter.com/MoEdumv/status/1293765657943670785
ދިރާސީ އާ އަހަރު އަންނަ އޮގަސްޓު މަހާ ހަމައަށް ލަސްކުރީ މިހާރު ފެތުރެމުންދާ ކޯވިޑް-19އާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކެނޑި ގިނަ ދުވަސްތަކެއް ވަންދެން ފިލާވަޅުތައް ގެއްލިފައިވާތީ އެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ގެނައި މިބަދަލަކީ ދާއިމީކޮށް ގެންނަ ބަދަލެއްގެ ގޮތުގައި އަދި ކަނޑަނާޅާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސްކޫލްތައް ބަންދުކޮށް ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ އޮންލައިން އެކި ޕްލެޓްފޯމްތަކުގައެވެ. އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ފުރަބަންދަށް ދިން ލުއިތަކާއެކު މާލޭގެ ސްކޫލްތައް ފިޔަވާ އެހެން ރަށްތަކުގެ ސްކޫލްތަކުގެ ކިޔެވުން މިދިޔަ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންވަނީ ފަށާފައެވެ.
އަންނަ އަހަރު ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާއިރު 2022 ވަނަ އަހަރުވެސް ދިރާސީ އާ އަަހަރު، އަހަރުގެ މެދުތެރެއިން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހިޔާލު ހޯދަން ހުޅުވާލައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް