ވަޒީރުންނަށް ބިރުދައްކާ ސަރުކާރުގެ އެތެރެ ހަލާކުކޮށްލަން މަސައްކަތްކުރަނީ ދެތިން މެމްބަރުން: މަހްލޫފް

މި ސަރުކާރުގެ ވަޒީރުންނަށް ބިރުދައްކާ ސަރުކާރުގެ އެތެރެ ހަލާކުކޮށްލަން މަސައްކަތްކުރަނީ ރައްޔިތުންގެ މަޖިލީހުގެ ދެތިން މެމްބަރަކު ކަމުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މަހްލޫފް ...

13 Aug 2020 | 04:59

މި ސަރުކާރުގެ ވަޒީރުންނަށް ބިރުދައްކާ ސަރުކާރުގެ އެތެރެ ހަލާކުކޮށްލަން މަސައްކަތްކުރަނީ ރައްޔިތުންގެ މަޖިލީހުގެ ދެތިން މެމްބަރަކު ކަމުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީގެ ރޭގެ ޕްރޮގްރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަހްލޫފް ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއިއެކު ދެތިން މެމްބަރުން އުޅެނީ ސަރުކާރު ހަލާކުކޮށްލަން ކަމަށެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައަކީވެސް އެ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމުގައި މަހްލޫފް ވިދާޅުވިއެވެ.

ރޭގެ އެ ޕްރޮގްރާމްގައި މަހްލޫފް ފާހަގަކުރެއްވި ގޮތުގައި މިނިސްޓަރުންނާއި ގިން މެމްބަރުންނާ ގާތް ގުޅުމެއް އޮވެއެވެ. އަދި މަސައްކަތް ކުރަނީ ވަރަށް ގުޅިގެން ކަމަށެވެ.

އެމްޕީ އާޒިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން މަހްލޫފް ވިދާޅުވީ އުޅެނީކީ މަހްލޫފް އެއްވެސް ކަމެއް ގޯސްކޮށް ކޮށްގެން ނޫން ކަމަށެވެ. އަދި ވަޒީރުކަމުން ދުރުކުރަން މަސައްކަތް ކުރި ނަމަވެސް އަލީ އާޒިމް ވިދާޅުވެގެން ކުޅިވަރުގެ ދާއިރާ ހަލާކުކޮށްލުމަށް މަސައްކަތް ނުކުރާނެ ކަމަށެވެ.

މައްސަލަ އިތުރަށް ތަފްސީލްކޮށްދެމުން މަހްލޫފް ވިދާޅުވީ އަލީ އާޒިމް ހިތްހަމަޖެހިވަޑައިނުގެންނެވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މަގާމުގައި ހުންނެވުމުން ކަމަށާއި ނަމަވެސް އަބަދު އެފްއޭއެމްއާއި ތަޅަން ނުހުރެވޭނެ ކަމަށެވެ. ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރު މަހްލޫފް އިތުރަށް ވިދާޅުވީ މަގާމު ގެއްލިދާނެތީ އާޒިމް ދައްކާ ބިރުގައި ޖެހިދާނެ ކަމަށް ހީވުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް