އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ކަމަށް ބުނެ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކުޅެމުންދަނީ ޑްރާމާއެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ފައްޔާޒުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް އެމްޑީޕީގެ ލީޑާޝިޕް ހިމެނޭ ގޮތަށް މަސައްކަތް ކުރަމުންދާކަން ހާމަ ކުރީ އިއްޔެ އެވެ. އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މަޖިލީސް މެމްބަރުން ފާޅު އަދި ނުނިކުންނަވާއިރު އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ވަރަށް ސޮއި ލިބިފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ.
މިކަމާއި ގުޅިގެން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފައްޔާޒުުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނަގާ ވާހަކަ އަކީ ކުޅޭ ޑްރާމާއެއް ކަމަށެވެ. ސަރުކާރާއި މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަމުން އެދަނީ ރައްޔިތުންގެ އަމާޒު ގެއްލުވާލަން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓު ނަގާ ކަމަށް ބުނެ ވާހަކަ ދައްކަނީ ސަރުކާރުގެ ނާގާބިލުކަމުގެ ނާޖާއިޒު ފައިދާ ނަގާ ބައެއްގެ ދަންމަޅި ތަކެއްގައި ބޮޑު ބޮޅެއް އިތުރުވާތީ އެވެ. ޝިޔާމް ވިދާޅުވީ މަސައްކަތް ކުރަމުން އެދަނީ އެވާހަކަ އޮއްބާލައި މިސްރާބު ބަދަލު ކޮށްލަން ކަމަށެވެ.
އެހެންވެ މިކަމަށް ރައްޔިތުން ވަރަށް ބޮޑަށް ހޭލަން ޖެހޭ ކަމަށާއި ގައުމުގެ މިސްރާޞު ނުކިއްސަރު ކަމަށް ވިދާޅުވި އެވެ.
https://twitter.com/Shiyamaldives/status/1293636464899584000
ފައްޔާޒާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަޖިލީހަށް ވައްދަން ބޭނުންވާ އަދަދަށް ސޮއި ހަމަވެފައިވާ ކަމަށް އެ މަސައްކަތުގައި އުޅުންވާ އެމްޑީޕީގެ މެމްބަރުން ވިދާޅުވެފައިވެ އެވެ. މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް