އެމްޑީޕީ އާއި އަމިއްލަ ކެންޑިޑޭޓުންތަކެއް ނަން އަނބުރާ ނަގައިފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ތެރެއިން އަށް ކެންޑިޑޭޓަކު އަނބުރާ ނަން ނަގައިފި އެވެ. މިއ...

13 Jul 2020 | 16:38

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ތެރެއިން އަށް ކެންޑިޑޭޓަކު އަނބުރާ ނަން ނަގައިފި އެވެ.

މިއަހަރުގެ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް ކައުންސިލް އިންތިހާބު ފަސްކުރީ ކޯވިޑް-19 އާއި ގުޅިގެންނެވެ. ގާނޫނު އަސާސީ އިސްލާހު ކައުންސިލް އިންތިހާބު މިހާރު ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ މާޗްމަހުގެ ތެރޭގައި އެވެ.

އެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އަލުން ހުޅުވާލާގޮތަށް ހަމަޖެހިފައި ނުވާއިރު އިންތިހާބުގައި ވާދަކުރާނީ އޭޕްރިލް މަހު ބާއްވަން ހަމަޖައްސާފައި އޮތް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނެވެ. އެހެންވެ އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައި އެވެ.

އީސީން ބުނީ މިއަދުގެ ނިޔަލަށ އަށް ކެންޑިޑޭޓަކު ނަންނަ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ހަތަރު ކެންޑިޑޭޓަކާއި އަމިއްލަ ހަތަރު ކެންޑިޑޭޓެކެވެ.

މީގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި ހދ. ހަނިމާދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް ވާދަ ކުރާ ކެންޑިޑޭޓަކު މަރުވެފައިވާކަމަށް އީސީން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އަދިވެސް ކެންޑިޑޭޓުންނަށް އެބައޮތް ކަމަށެވެ. އިތުރަށް ބުނީ އެ ފުރުސަތު ބަންދު ކުރުމުގެ10 ދުވަސް ކުރިން އާންމުކޮށް އިއުލާނު ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް