ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށްގެން އިއްޔެ ދިން ބެލެސްޓިކް މިސައިލް އަދި ޑްރޯން ޙަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މެދުކެނޑުމެއް ނެތި މިގޮތަށް ދޭ ޙަމަލާތަކަކީ އެސަރަހައްދުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއްކަމަށާއި، ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް ހުރިހާ ފަރާތްތަކުން މަޝްވަރާކުރުން މުހިއްމުކަމަށް ދިވެހިރާއްޖެއިން ފާހަގަކޮށްފައިވެއެވެ.
މި ފުރުސަތުގައި ދިވެހިރާއްޖެއިން އަބަދުވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ވާކަމާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތުގައި ފަހަތަށް ނުޖެހި އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އަރުވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް