ފުރަތަމަ ތިންމަހުގައި ރާއްޖޭގެ ދަރަނި ތިން އިންސައްތަ މަތިވެއްޖެ

މި އަހަރުގެ ފުރަތަމަ ތިންމަހުގައި ރާއްޖޭގެ ދަރަނި ތިން އިންސައްތަ މަތިވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭ އިން އާއްމު ކޮށްފައިވ...

13 Jul 2020 | 06:40

މި އަހަރުގެ ފުރަތަމަ ތިންމަހުގައި ރާއްޖޭގެ ދަރަނި ތިން އިންސައްތަ މަތިވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭ އިން އާއްމު ކޮށްފައިވާ ޖޫން މަހުގެ އިކޮނޮމިކް އަޕްޑޭޓް އަދަދުގައި ބުނެފައިވާ ގޮތުން ފުރަތަމަ ކްއާޓަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަނި، ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި ނުހިމަނައި ބަލާނަމަ އުޅެނީ 55.8 ބިލިއަން ރުފިޔާ އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކްއާޓަރާ އަޅާ ބަލާއިރު ތިން އިންސައްތަ އިތުރު ވުމެކެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 86 އިންސައްތަ އިތުރު ވުމެކެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން މި މުއްދަތުގައި އެންމެ ބޮޑަށް މަތިވެފައި ވަނީ ރާއްޖޭގެ އެތެރޭގެ ދަރަންޏެވެ.

ފިނޭންސް މިނިސްޓްރީން ދާދި ފަހުން އާއްމުކުރި މިދިޔަ އަހަރުގެ "ޕަބްލިކް ޑެޓް ބްލެޓިން" ގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭން ބޭރުގެ ދަރަނި އަށް ޕަސެންޓަށް އިތުރުވި އެވެ.

ދަރަނި މަތިވަމުން ދާއިރު ދައުލަތް ހިންގަން ސަރުކާރުން ދަނީ ދަރަނި ނަގަމުންނެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިހާތަނަށް 300 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާ) ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ބުނެފަ އެވެ.

ދަރަނި މަތިވެފައިވާއިރު މެއި މަހު އާމްދަނީގެ ގޮތުގައި ރާއްޖެ އަށް ލިބިފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު 87 އިންސައްތައިގެ ދަށްވުމެކެވެ. އަދި މި މުއްދަތުގައި ސަރުކާރުގެ ހަރަދުތައް ވަނީ ތިން އިންސައްތަ މަތިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް