ސިވިލް ސާވިކް ކޮމިޝަނުގެ ރައީސް ހުސައިން ޝަމީމް މަގާމުން އިސްތިއުފާދެއްވައިފި އެވެ.
އޭނާ މަގާމުން އިސްތިއުފާދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އޭނާ މަގާމުން ވަކި ކުރަން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ނިންމާފައިވަނިކޮށެވެ. މި މައްސަލައިގަ ވޯޓަށް އެހުން މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އޮތީ ތާވަލު ކޮށްފައި އެވެ.
އެކަމަކު ޝަމީމް އިސްތިއުފާ ދެއްވުމުން ވޯޓަށް ނާހަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ނިންމެވި އެވެ. ޝަމީމްގެ އިތުރުން އެ ކޮމިޝަނުގެ ތިން މެމްބަރެއްގެ އިތުރުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނިންމާފައިވެ އެވެ.
ޝަމީމް އެ މަގާމަށް އައްޔަން ކކުރީ2015 ވަނަ އަހަރުގެ އޯގަސްޓު18 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް