ރާއްޖެއިން ކޯވިޑް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ އިތުރު 24 މީހަކު ރަނގަޅުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ބަލިން 24 މީހަކު ރަނގަޅުވުމުން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 1،217 އަށް އިތުރުވެފައިވާ ކަމަށެވެ.
މިއަދު ޕޮސިޓިވް ވެފައިވަނީ 10 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތް މީހަކާއި ނޭޕާލްގެ ދެ މީހަކާއި ދިވެއްސެކެވެ.
ރާއްޖެއިން އެންމެ ގިނައިން ޕޮސިޓިވްވަމުން ދަނީ އުމުރުން 18 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނެވެ. އަދި އާންމުކޮށް ޕޮސިޓިވްވާ އެންމެންގެ ހާލުވެސް ރަނގަޅެވެ.
މި ބަލީގައި އެންމެ ނުރައްކާތެރި ހާލަތަށް ދަނީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް2،013 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް