މާލޭގައި ގެސްޓް ހައުސްއެއްގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކު ރޭޕުކުރި މައްސަލައިގާ ހައްޔަރުކުރި މީހާގެ ބަންދަށް އެންމެ ހަތް ދުވަސް ކޯޓުން ދީފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނެފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް މިއަދު ވަނީ ދީފައި ކަމަށެވެ.
އެމީހާގެ ބަންދަށް އެންމެ ހަތް ދުވަސް ކޯޓުން ދީފައިވާއިރު ފުލުހުން އެދުނީ ޝަރީއަތް ނިމެންދެން އެމީހާ ބަންދުކޮށްދިނުމަށެވެ.
މިއަދު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ އެ ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް އެދިވަޑައިގަތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭގައި ފުލުހުން މިފަދަ އަމުރަކަށް އެދުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
ތަފްސީލް އަންނަނީ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް