ގުޅީފަޅުން ޕްލާސްޓިކް ޝީޓުތަކެއް ކަނޑަށް ދޫވެފައިވާތީ އެ ސަރަހައްދުގައި ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި

މުޅި ރާއްޖެއަށް ރީނދޫ ސަމާލު ނެރެފައިވާއިރު ކޮޅިގަނޑުގައި ގުޅީފަޅުން ޕްލާސްޓިކް ޝީޓުތަކެއް ކަނޑަށް ދޫވެފައިވާތީ އެ ސަރަހައްދުގައި ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. މީޑިއާތަކަށް މައުލޫމ...

13 Jun 2020 | 14:48

މުޅި ރާއްޖެއަށް ރީނދޫ ސަމާލު ނެރެފައިވާއިރު ކޮޅިގަނޑުގައި ގުޅީފަޅުން ޕްލާސްޓިކް ޝީޓުތަކެއް ކަނޑަށް ދޫވެފައިވާތީ އެ ސަރަހައްދުގައި ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މިއަދު އިރު އޮއްސުނު ވަގުތު އައި ބާރުގަދަ ކޮޅިގަނޑެއްގައި، ކ. ގުޅީފަޅުގައި ބޭނުންކުރަމުންދިޔަ 20 ފޫޓުގެ، ގިނަ އަދަދެއްގެ ޕްލާސްޓިކް ޝީޓްތަކެއް ކަނޑަށް ދޫވެފައިވާކަމަށެވެ.

މި ތަކެތި ދޫވެ، ވިލިމާލެއާއި މާލެއާއި ދޭތެރޭން އިރު އުތުރަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކުރާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މާލޭ ރީޖަން ކޮމާންޑް ސެންޓަރަށް ލިބިފައިވަނީ މިރޭ 06:49 ހާއިރު ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް