ދެކުނުގެ ފަސް އަތޮޅަށް ރީނދޫ ސަމާލު މިރޭ 10:00 އާއި ހަމައަށް

މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް ދެކުނުގެ ފަސް އަތޮޅަށްވެސް ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވާއިރު މި ފަސް އަތޮޅު ފިޔަވާ ދެން ހުރި އަތޮޅުތަކަށް މީގެ ކުރިން ވަނީ ރީނދޫ ސަމާލު ނެރެފ...

13 Jun 2020 | 14:20

މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް ދެކުނުގެ ފަސް އަތޮޅަށްވެސް ރީނދޫ ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައިވާއިރު މި ފަސް އަތޮޅު ފިޔަވާ ދެން ހުރި އަތޮޅުތަކަށް މީގެ ކުރިން ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

މި ސަމާލު ނެރެފައިވަނީ އެންމެ ދެކުނުގެ ފަސް އަތޮޅު ކަމުގައިވާ ލ، ގއ، ގދ، ޏ އަދި ސ އަތޮޅަށެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ މި ފަސް އަތޮޅަށް މިރޭ 07:00 އާއި މިރޭ 10:00 އާއި ދެމެދުގެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް އެކަށީގެންވާކަމަށެވެ.

މި ފަސް އަތޮޅު ފިޔަވާ ރާއްޖޭގެ ދެން ހުރި އަތޮޅުތަކަށް މީގެ ކުރިން ރީނދޫ ސަމާލު ނެރެފައިވަނީ ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށެވެ.

މުޅި ރާއްޖެއަށް މިހާރު ރީނދޫ ސަމާލު ނެރެފައިވާއިރު، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް