ދިޔަ ވަމުންދިޔަ ދެ ޑިންގީއަކަށް އެހީތެރިކަން ފޯރުކޮށްދީ 11 މީހަކު ސަލާމަތް ކޮށްފި

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ މުޅިރާއްޖެއަށް ރީނދޫ ސަމާލު ނެރެފައިވާއިރު، އަދި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފައިވާއިރު ކަނޑުމަތީގައި...

13 Jun 2020 | 14:11

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ މުޅިރާއްޖެއަށް ރީނދޫ ސަމާލު ނެރެފައިވާއިރު، އަދި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފައިވާއިރު ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި ދިޔަ ވަމުންދިޔަ ދެ ޑިންގީއަކުން 11 މީހަކު ސަލާމަތްކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ގދ.ހައުޑިގަލާއިން ގދ.ތިނަދޫއަށް ދަތުރުކުރި ދެ ޑިންގީއަކަށް ދިޔަވާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަންފޯރުކޮށްދީފައިވާކަމަށާއި އެއީ ގދ.ހައުޑިގަލާއަށް ދަތުރު ދިއުމަށްފަހު ގދ.ތިނަދޫއަށް ދަތުރުކުރި ދެ ޑިންގީއެއް ކަމަށެވެ. އަދި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް ލިބިފައިވަނީ މިއަދު 15:58 ހާއިރު ކަމަށް އާޒިމް ވިދާޅުވިއެވެ.

ހައުޑިގަލާއަށް ދަތުރުދިޔަ ދެޑިންގީގެ ތެރޭގައި ހިމެނެނީ ހަ މީހުންނާއެކު ދަތުރުކުރި "ރަންދިޔެ" ނަމަކަށް ކިޔާ ޑިންގީއަކާއި އަދި ފަސް މީހުންނާއެ ދަތުރުކުރި "ކުރި" ނަމަކަށް ކިޔާ ޑިންގީއެކެވެ. މި ދެ ޑިންގީގައި ތިބި ޖުމުލަ 11 މީހަކު، ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ވަނީ މިއަދު 17:15 ހާއިރު ގދ.ތިނަދޫއަށް ގެންގޮސްދީފައިވާކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް