ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ. އެގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ މިދުވަސްވަރު މޫސުނ...

13 Jun 2020 | 14:03

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

އެގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ މިދުވަސްވަރު މޫސުން ގޯސްވުމާ ގުޅިގެން ކަނޑުމަތީގައި ތަފާތު ހާދިސާތައް ހިނގަމުންދާކަމުގެ މައުލޫމާތު އެމްޑީއެފް ކޯސްޓްގާޑް މާލޭ ރީޖަން ކޮމާންޑް ސެންޓަރަށް ލިބެމުން އަންނަ ކަމަށެވެ.

"ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަން" އެމްއެންޑީއެފުން ބުނެފައިވެއެވެ.

ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް