15 ޖޫން އިން 30 ޖޫން އަށް ހަފްތާއަކު ހަތަރު ދުވަހު ހުޅުވާނެ، ހުޅުވައިގެން ހިދުމަތް ދެމުންދާނީ ހަމައެކަނި އެޕޮއިޓްމަންޓް ބޭސްޑްކޮށް: ބީއެމްއެލް

15 ޖޫން އިން 30 ޖޫން 2020 ގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް ގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 09:30 އިން...

13 Jun 2020 | 13:54

15 ޖޫން އިން 30 ޖޫން 2020 ގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް ގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށާއި ނަމަވެސް ހިދުމަތް ދޭނީ ހަމައެކަނި އެޕޮއިންޓްމަންޓް ބޭސްޑްކޮށް، އަދި އޮންލައިންކޮށް ނުލިބޭ ހިދުމަތްތައް އެކަނި ކަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

އެ ބޭންކުން ބުނެފައިވަނީ އެ ބޭންކުން އެންމެ އިސްކަމެއްދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށެވެ. މާލޭ ސިޓީގެ ފުރަބަންދަށް ބޮޑު ލުއިތަކެއްލިބިފައިވީ ނަމަވެސް އެ ބޭންކުން އެދިލައްވަނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިންގ ހިދުމަތް ބޭނުންކުރައްވައި، އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުންކުރެއްވުމަށް ކަމުގައިވެސް އެ ބޭންކުން ބުނެއެވެ.

"ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތްދިނުމަށްޓަކައި ބްރާންޗްތަކުން ހިދުމަތް ދެމުންދާނީ އެޕޮއިންޓްމަންޓް ހަމަޖައްސައިގެންނެވެ.  އަދި ހަމައެހެންމެ ދެމުންދާނީ އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތްތަކެވެ.  ބޭންކުން ބުނެފައިވެއެވެ.

ބޭންކުން ބުނެފައިވާގޮތުގައި ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލެވޭނެއެވެ. މިސާލަކަށް ހޯމަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އާދިއްތަ ވިލޭރޭ 12:00 އިން ފެށިގެން ހުޅުވާލެވޭނެއެވެ.

ތިރީގައި ދެންނެވިފައިވާ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޮންލައިންކޮށެވެ. ބޭންކު ހުޅުވޭ ކޮންމެ ދުވަހެއްގައިވެސް މި ހިދުމަތްތައް ދެމުންދާނެ އެންމެފަހު ވަގުތުތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.

https://www.bankofmaldives.com.mv/essential-services-via-online

- ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން

- ޕޭ ރޯލް ހިދުމަތް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން)

- ލޯކަލް ބޭންކް ޓްރާންސްފަރ

- މީރާ އަށް ފައިސާ ދެއްކެމުގެ ހިދުމަތް

- ޕީއޯއެސްގެ ހިދުމަތައް އެދި ހުށަހެޅުން

ތިރީގައި މިވާ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހަމަ އެކަނި އޭޓީއެމް މެދުވެރިކޮށެވެ.

- ނަގުދު ފައިސާ ޖަމާކުރުން

ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ

އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ

- ޗެކު ޖަމާޖުރުން

އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ބީއެމްއެލް އަދި އެހެން ބޭންކު ތަކުގެ ޗެކް ޕްރޮސެސް ކުރުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ވަގުތުތައް މި ލިންކް އިން ލިބޭނެއެވެ.

އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ބްރާންޗް އަދި ސަރވިސް ސެންޓަރތަކުން ދެމުންދާނެ ހިދުމަތްތަކުގެ ތަފްސީލް:  https://www.bankofmaldives.com.mv/appointment-based-services

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް