މޯލްޑިވްސް ބްލަޑް ސާވިސް އިން ލޭ ހުސްވުމާއި ގާތް ވެފައިވާތީ އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ލޮކްޑައުން ކުރުމުން ދިމާވި ދަތިތަކާއި ހެދި ތެލަސީމިއާ ކުދިންނާއި އެނޫން ބަލި ތަކަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ލޭ ނުލިބުމުގެ ދަތިކަން ކުރިމަތިވަމުންދާތާ މިހާރު ހަތަރު ވަރަކަށް މަސްވަނީ އެވެ.
އެމްބީސީން ބުނީ މި ދުވަސްކޮޅު އަނެއްކާވެސް ލޭ ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. އަދި ހުރިހާ ގްރޫޕެއްގެ ލޭވެސް ބޭނުން ޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ.
އާންމުކޮށް އެތަނަށް އެންމެ ބޭނުންވަނީ އޯ ޕޮސިޓިވް އަދި ބީ ޕޮސިޓިވް ލޭ އެވެ.
މާލެ ލޮކްޑައުންގައި އޮތް ނަމަވެސް ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން ތެލެސީމިއާ ސެންޓަރަށް ގުޅުމުން އެތަނަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެ ސާވިސްއިން ބުނެ އެވެ.
ލޭލިބުމުގައި ދަތިވާން ފެށީ ކޯވިޑް-19 ރާއްޖެއިން ފެނި ރިސޯޓުތަކަށް މީހުން އަރައި ފޭބުން މަނާ ކުރުމުންނެވެ.
އާންމުކޮށް ރިސޯޓުތަކުގަިއ މަސައްކަތް ކުރާ މީހުންނަކީ ވަރަށް ގިނައިން ލޭ ހަދިޔާ ކުރާ ބައެކެވެ. އަދި ރިސޯޓުތަކުގައި ވަރަށް ގިނައިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް ބާއްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް