ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ރީނދޫ އެލާޓު ނެރެފި އެވެ.
އެ ލާޓު ނެރެފައިވަނީ މެންދުރު ފަހު 3:00 ގެ ނިޔަލަށެވެ.
މެޓް އޮފީހުން ލަފާ ގޮތުގައި މިއަދު ހެނދުނު އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި40 މޭލަށް ވައި ގަދަވާނެ އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.
ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ރީނދޫ އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަން ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.
މެޓް އޮފީހުން ވަނީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް