ކޯވިޑް-19 ޖެހުނު އިތުރު އަށް މީހަކު ރަނގަޅުވެއްޖެ

ކޯވިޑް-19 އަށް ރާއްޖެއަށް ޕޮސިޓިވްވި މީހުންގެ ތެރެއިން އިތުރު އަށް މީހަކު ރަނގަޅުވެއްޖެ އެވެ. މިއަދު ބަލިން ރަނގަޅުވި ހުރިހާ އެންމެންނަކީ ދިވެހިންނެވެ. މިހާތަނަށް ބަލި ރަނގަޅުވި މީހުންގެ ތެރޭގައި ހިމެ...

13 May 2020 | 17:29

ކޯވިޑް-19 އަށް ރާއްޖެއަށް ޕޮސިޓިވްވި މީހުންގެ ތެރެއިން އިތުރު އަށް މީހަކު ރަނގަޅުވެއްޖެ އެވެ.

މިއަދު ބަލިން ރަނގަޅުވި ހުރިހާ އެންމެންނަކީ ދިވެހިންނެވެ. މިހާތަނަށް ބަލި ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ26 ދިވެހިންނާއި14 ބިދޭސީންނެވެ.

މިއަދު ރަނގަޅުވި އަށް މީހުންނާއި އެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު40 އަށް ވަނީ އަރާފައި އެވެ. ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި އަތޮޅު ތެރެއިން ފުރަތަމަ ކޯވިޑަށް ޕޮސިޓިވްވި ހއ. އުލިގަމު27 އަހަރުގެ ފިރިހެން މީހާވެސް ހިމެނެ އެވެ.

ކޯވިޑަށް ޕޮސިޓިވްވާ މީހުން ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅަނީ14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރުމަށް ފަހު ބަލީގެ ހުރިހާ އަލާމާތެއް ފިލައި ދިއުމުން ދެ ފަހަރު ކޯވިޑަށް ޓެސްޓުކޮށް ދެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުންނެވެ. އެމީހާ ބަލިން ރަނގަޅުވި ކަމަށް ބަލައި ދޫކޮށްލާނީ އޭގެ ފަހުން އިތުރު14 ދުވަހު އައިސޮލޭޝަން މުއްދަތެއް ފުރިހަމަ ކޮށްފައި އެވެ.

މިހާތަނަށް ރާއްޖެއިން955 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާއިރު ތިން މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް