ރާއްޖެއިން އިތުރު51 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ12 ދިވެހިންނާއި ބަންގްލަދޭޝްގެ 11 މީހުންނާއި، އިންޑިއާގެ 26 މީހެކެވެ. ދެން ޕޮސިޓިވްވެފައިވަނީ ސްރީލަންކާ މީހަކާއި ނޭޕާލް މީހެކެވެ.
މިހާތަނަށް އެންމެ ގިނައިން ބަލި ޖެހިފައިވަނީ ބަންގްލަދޭޝް މީހުންނަށެވެ. ދެވަނައަށް އެންމެ ގިނައިން ދިވެހިން ބައްޔަށް ޕޮސިޓިވްވެފައިވާއިރު ރާއްޖެއިން ތިން ވަނައަށް އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ އިންޑިއާ މީހުންނެވެ.
ރާއްޖެއިން އެންގެ ގިނައިން ބަލި ޖެހެނީ އުމުރުން18 އަހަރާއި60 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މިއާއި އެކު ރާއްޖެއިން ބައްޔަށް ޕޮސިޓިވްވި މީހުންގެ ޖުމްލަ އަދަދު955 އަށް ވަނީ އަރާފައި އެވެ. މި ބަލީގައި މިހާތަނަށް ތިން މީހަކު މަރުވެފައި ވާއިރު ބަލިން40 މީހަކު ވަނީ ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް