ރައީސް ނަޝީދުގެ އަންދާޒާ: ހުރިހާ ރައްޔިތުންނަށް ވައިރަސް ޖެހޭނެ!

ކޯވިޑް-19 ރާއްޖޭގައި ފެތުރެމުންދާ ގޮތަށް ބަލާނަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވައިރަސް ޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ...

13 May 2020 | 09:31

ކޯވިޑް-19 ރާއްޖޭގައި ފެތުރެމުންދާ ގޮތަށް ބަލާނަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވައިރަސް ޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މާލޭ ސިޓީ ލޮކްޑައުންގައި އޮންނަ އިރުވެސް ވައިރަސް ހަލުވިކަމާއި އެކު ފެތުރެމުންދާތީ ފެންނަ ފެނުމަށް މި ބަލި ހުރިހާ ރައްޔިތުންނަށް ޖެހޭނެ ކަމަށެވެ. އެހެންވެ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިކަމަށް ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސިއްހީ ދާއިރާގެ މާހިރުން ތިބީކީ ހަމައެކަނި ދިވެހިރާއްޖެއަކު ނޫން ކަމަށެވެ. އަދި މިކަމާ ގުޅޭ މާހިރުންނަކީ އަޅުގަނޑުމެންވެސް ގައުމުތަކުގައި ގާތް ތިމާގެ މީހުން ކަމަށާއި އެހެންވެ ބަލީގައި ވާނުވާ އެނގިވަޑައިގެންނަވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރަށްރަށުގައި ކަރަންޓީން ކުރުމުގެ އިންތިޒާމްތައްވެސް ހަމަޖައްސަން ޖެހޭ ކަމަށެވެ. މިހާރު ސަރުކާރުން ރަށްރަށަށް މީހުން ކަރަންޓީނަށް ނުފޮނުވަން ނިންމާފައިވާ ނިންމުމާއި ހިތްހަމަ ޖެހިވަޑައި ނުގެންނަވާކަން ހާމަކޮށް ވިދާޅުވީ މިހާރު ހަމަޖައްސަމުން ދަނީ ވަރަށް ދަތިގޮތެއް ކަމަށެވެ.

އިތުރަށް ވިދާޅުވީ އަތޮޅުތަކަށް ދާން ބޭނުންވާ10،000 އަށްވުރެ ގިނަ މީހުން ތިިބި ކަން އެމަނިކުފާނަށް އެނގިވަޑައިގެންނަވާ ކަމަށެވެ. އެމީހުން މާލޭގައި ތިއްބަސް ނުތިއްބަސް ރަށްރަށަށް ބަލި ފެތުރޭނެ ކަމަށާއި ބަލި ފެތުރޭނެ އެތައް ގޮތްތަކެއް އެބަ ހުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން904 މީހަކަށް ކޯވިޑް ޖެހިފައިވާއިރު ތިން މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް