ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ ވިދާޅުވެފައިވަނީ ހުޅުމާލޭ ޖަލުގައި، ހިނގާބިނގާ ނޫޅެވޭ ހާލު ހުކުމް ތަންފީޒުކުރަމުންދިޔަ އުމުރުން 92 އަހަރުގެ މީހަކު މަރުވެފައިވާކަމަށެވެ.
މި މަރުގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަނާއި ފުލުހުން އަދި ކަމާ ގުޅުންހުރި އިދާރާތަކަށް މިކަން އަންގާފައިވާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވެފައިވެއެވެ.
https://twitter.com/ahumadhumohamed/status/1260357493194133504
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް