ކޯވިޑް-19: ފުރަތަމަ މަނަވަރުން އިންޑިއާއަށް ދިޔަ ދެމީހަކު ޕޮޒިޓިވް ވެއްޖެ !

ކޯވިޑް-19ގެ މި ހާލަތުގައި ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން އެ ގައުމަށް ގެންދިޔުމަށް އިންޑިއާއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރާއްޖެއިން އެ ގައުމުގެ 698 މީހުން ގޮވައިގެން ދިޔަ ފުރަތަމަ މަނަވަރުނ...

13 May 2020 | 00:14

ކޯވިޑް-19ގެ މި ހާލަތުގައި ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން އެ ގައުމަށް ގެންދިޔުމަށް އިންޑިއާއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރާއްޖެއިން އެ ގައުމުގެ 698 މީހުން ގޮވައިގެން ދިޔަ ފުރަތަމަ މަނަވަރުން ދަތުރުކުރި ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޓައިމްސް އޮފް އިންޑިއާގެ ޓްރިޗީ ސަފްހާގައި ރިޕޯޓްކޮށްފައިވާގޮތުގައި އެއީ ކޮއިމްބަތޫރުން ޓެސްޓްކުރި އިރު ޕޮޒިޓިވްވި ދެމީހެކެވެ. އަދި އެއީ ރާއްޖެއިން ދަތުރުކުރި ދެމީހެއް ކަމަށް ބުނެފައިވެއެވެ. ޓެސްޓްގެ ނަތީޖާ އިއްޔެ ލިބުނު އިރު ޕޮޒިޓިވް ވުމުން، އެމީހުން ނިސްބަތްވަނީ ޓްރިޗީއަށް ކަމަށްވާތީ ޓްރިޗީއަށް ގެންދެވި މިހާރު ފަރުވާ ފެށިފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެ ދެމީހުންނާއި ބެހޭ މާ ގިނަ ތަފްސީލެއް ރިޕޯޓްކޮށްފައެއް ނުވެއެވެ. ނަމަވެސް ރާއްޖެއިން އިންޑިއާއަށް ދިޔަ މީހުންގެ ތެރޭގައި ޓްރިޗީއަށް ނިސްބަތްވާ 16 މީހަކު ތިބި އިރު ދެމީހަކު ޕޮޒިޓިވް ވެފައިވާކަމާއި އަނެއް 14 މީހުންގެ ނަތީޖާ ނެގަޓިވް ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

ޕޮޒިޓިވް ވީ ސީދާ ފުރަތަމަ މަނަވަރުން ދިޔަ މީހުން ކަންވެސް އެ ހަބަރުގައި ރިޕޯޓްކޮށްފައެއް ނުވެއެވެ. ނަމަވެސް ހަބަރުތަކުގެ އާކައިވަށް ބަލާލާއިރު 698 މީހުން ގޮވައިގެން ދިޔަ މަނަވަރުން 54 މީހަކު ކޮއިމްބަތޫރުގައި ކަރަންޓީނު ކުރިކަން އެނގެއެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އެ ދެމީހުންނަކީ ފުރަތަމަ މަނަވަރުން ދަތުރުކުރި ދެމީހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް