އައްޑޫ އެކަންޏެއް ނޫން، ޕްލޭނަކީ ފަސް ސަރަހައްދުގައިވެސް ޓެސްޓް ކުރެވޭގޮތް ހެދުން: މަބްރޫކް

ކޯވިޑް-19 އަށް ޓެސްޓް ކުރެވޭގޮތް ހަދާނީކީ ހަމައެކަނި އައްޑޫގައި ނޫން ކަމަށާއި ކޯވިޑް-19 ގެ މި ހާލަތަށް އިތުރަށް ސިއްހީ ދާއިރާ ފައްކާ ކުރެވި ތައްޔާރުވަމުން އަންނަ ފަސް ސަރަހައްދުގައިވެސް ކޯވިޑް-19 އަށް...

12 May 2020 | 23:48

ކޯވިޑް-19 އަށް ޓެސްޓް ކުރެވޭގޮތް ހަދާނީކީ ހަމައެކަނި އައްޑޫގައި ނޫން ކަމަށާއި ކޯވިޑް-19 ގެ މި ހާލަތަށް އިތުރަށް ސިއްހީ ދާއިރާ ފައްކާ ކުރެވި ތައްޔާރުވަމުން އަންނަ ފަސް ސަރަހައްދުގައިވެސް ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކުރިއްސުރެވެސް ކުރެވެމުން އަންނަ ޕްލޭނެއް ކަމުގައި ކޯވިޑް-19ގެ ކަންކަމުގައި ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ހަމަ އެކަނި އައްޑޫގައި ޓެސްޓިކް ކެޕޭސިޓީ ގާއިމްކުރާއިރު ޕޮޒިޓިވްވެފައިވާ މީހުން ތިބިއިރު އެ ރަށްރަށުގައިވެސް އެ ކެޕޭސިޓީ ގާއިމް ނުކުރަނީ ކީއްވެތޯ ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ ފަސް ސަރަހައްދުގައި އެ ކެޕޭސިޓީ ގާއިމް ކުރުމުގެ ވިސްނުމަކީ ކޯވިޑް-19 އަށް އެންމެ ފުރަތަމަ ރާއްޖެ ތައްޔާރުވިއިރުވެސް ޕްލޭން ކުރެވިފައިވާ ގޮތް ކަމަށެވެ.

އެ ފަސް ސަރަހައްދަކީ ށ. އަތޮޅާއި، ބ. އަތޮޅާއި، ލ. އަތޮޅާއި، ގއ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީއެވެ.

މަބްރޫކް ވިދާޅުވީ އެންމެ ފަސޭހައިން ޓެސްޓް ކުރެވޭނީ ޖީން އެކްސްޕާޓް މެޝިނަރީތަކުން ކަމުގައިވާއިރު ޑަބްލިއުއެޗްއޯއިން އެ މެޝިންތަކަށް ބޭނުންވާ ކާޓްރިޖް އުފެއްދުމަށް މަސައްކަތް މިހާރު ފަށާފައިވާއިރު އެ ފަސް ސަރަހައްދުގައި އެކަން ކުރެވޭނީ މިފަދަ މެޝިންތައް ބޭނުންކޮށްގެން ކަމަށެވެ.

އަދި 25 ހާސް ކާޓްރިޖް ލިބޭނެކަން މިހާރު ކަށަވަރުވެފައިވާކަމަށާއި ނަމަވެސް ތާރީހްތައް އަދި ދަންނަވަން ދަތި ކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް