މިދިޔަ ހަފްތާގައި ކޯވިޑަށް ޕޮސިޓިވްވި މާބަނޑު މީހާ ވިހައިފި

މިދިޔަ ހަފްތާގައި ކޯވިޑް-19 އަށް ޕޮސިޓިވްވި މާބަނޑު އަންހެން މިހާ ވިހައިފި އެވެ. އެމީހާ ވައިރަސް އަށް ޕޮސިޓިވްކަން އެނގުނީ ވިހަން އައިޖީއެމްއެޗު ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރުމުން އާންމު އުސޫލުން...

12 May 2020 | 20:51

މިދިޔަ ހަފްތާގައި ކޯވިޑް-19 އަށް ޕޮސިޓިވްވި މާބަނޑު އަންހެން މިހާ ވިހައިފި އެވެ.

އެމީހާ ވައިރަސް އަށް ޕޮސިޓިވްކަން އެނގުނީ ވިހަން އައިޖީއެމްއެޗު ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރުމުން އާންމު އުސޫލުން ޓެސްޓު ކުރުމުންނެވެ. ޕޮސިޓިވްވުމާއި އެކު އެ އަންހެން މީހާ ވަނީ ކޯވިޑަށް ހާއްސަކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދޭން ފަށާފައި އެވެ.

ބައެއް މީޑީއާ ރިޕޯޓުތައް ބުނާގޮތުގައި އެމީހާ ވިހެއީ ސިޒޭރިއަން ހައްދައިގެންނެވެ. ލިބިފައިވަނީ ފިރިހެން ކުއްޖެއްކެވެ. ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށްވެ އެވެ.

އެކަމަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހަކު ވިހޭއިރު އެކަން އެންއީއޯސީން ހާމަކޮށްފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ އާއި ގުޅުން ހުރި މީހުންގެ ތެރެއިން ޓެސްޓު ކުރި އެކަކުވެސް ކޯވިޑަށް ޕޮސިޓިވްވެފައެއް ނުވެ އެވެ. އަދި އައިޖީއެމްއެޗުގައި އެމީހާއަށް ފަރުވާދިން ޑޮކްޓަރުންނާއި ނަރުހުންވެސް ޕޮސިޓިވްވެފައެއް ނުވެ އެވެ.

މިހާތަނަށް ރާއްޖެއިން904 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި32 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ތިން މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް