ކޯވިޑް-19: މިހާތަނަށް އެންމެ ކޭސްއެއް ވެސް ރިޕޯޓް ނުކުރާ ގައުމުތަކަކީ ކޮބާ؟

ފާއިތުވި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދުނިޔެ ދެކެމުން އައީ ކޮރޯނާ ވައިރަސްގެ އާ ބާވަތަކީ ޗައިނާއަށް ފެތުރިގެންފައިވާ ބަލިމަޑުކަމެއް ކަމުގައެވެ. އެހެނަސް، އެންމެ ދެތިން ހަފުތާގެ ތެރޭގަ...

12 May 2020 | 20:43

ފާއިތުވި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދުނިޔެ ދެކެމުން އައީ ކޮރޯނާ ވައިރަސްގެ އާ ބާވަތަކީ ޗައިނާއަށް ފެތުރިގެންފައިވާ ބަލިމަޑުކަމެއް ކަމުގައެވެ. އެހެނަސް، އެންމެ ދެތިން ހަފުތާގެ ތެރޭގައި ކޮރޯނާ ވައިރަސްގެ އާ ބާވަތް ކަމުގައިވާ ކޯވިޑް-19 މުޅި ދުނިޔެ ސިއްސުވާލިއެވެ. ދުނިޔޭގެ ބޮޑެތި ބާރުތައް ކުޑަކުޑަ ވައިރަހުގެ ކުރިމަތީގައި ކުޑަކަކޫ ޖެހުނުއިރު، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ކޯވިޑް-19 އަކީ އާލަމީ ވަބާއެއްކަމަށް އިޢުލާނު ކުރަން މާކަ ގިނަ ދުވަސްތަކެއް ނުނެގިއެވެ.

މިހާރު ކޯވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެ ތަހަންމަލް ކުރަމުން އަންނައިރު، މި ބައްޔަށް ވެކްސިނެއް އަދިވެސް ހޯދިފައެއް ނުވެއެވެ. އަނެއްކޮޅުން، އަދިވެސް ބައެއް ގައުމުތަކުގެ ހާލަތު ރަނގަޅެއް ނޫނެވެ. އެހެނަސް، ބައެއް ގައުމުތަކުން، ކޯވިޑް-19 ހުއްޓުވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް މިހާރު ވަނީ ލުއި ދޭން ފަށާފައެވެ.

ކޯވިޑް-19 އާއެކު ދުނިޔެ 5 މަހެއްހާ ދުވަސް ހޭދަކޮށްފައިވާއިރު، މި ބަލީގެ އެންމެ ކޭސްއެއް ވެސް އަދި މިހާތަނަށް ރިޕޯޓް ނުކުރާ ބައެއް ގައުމުތައް އެބަހުއްޓެވެ. އެ ގައުމުތަކުގައި ވެސް ބަލި ނެތްކަމުގެ ފުރިހަމަ ޔަގީންކަން ނެތަސް، ބަލިޖެހިފައިވާ މީހަކު މިހާތަނަށް ފެނިފައި ނުވާތީ، އެ ގައުމުތަކަކީ މި ވަގުތު ކޯވިޑް-19 ގެ ބަލި މީހަކު ނެތް ގައުމުތައް ކަމަށް ބެލިދާނެއެވެ. މިއީ ވަރަށް ވެސް މަދު ގައުމުތަކެކެވެ. މި ބަލައިލަނީ މި ދެންނެވުނު ފަދައިން، ކޯވިޑް-19 ގެ އެންމެ ބަލި މީހަކު ވެސް މިހާތަނަށް ފެނިފައިނުވާ ގައުމުތަކަށެވެ.

  1. ކިރިބަސް (Kiribati)
  2. ލިސޫޓޫ (Lesotho)
  3. މާޝަލް އައިލެންޑްސް (Marshall Islands)
  4. މައިކްރޮނޭސިއާ (Micronesia)
  5. ނައޫރޫ (Nauru)
  6. ނޯތު ކޮރެއާ (North Korea)
  7. ޕޮލާއޯ (Palau)
  8. ސަމޯވާ (Samoa)
  9. ސޮލޮމޮން އައިލެންޑްސް (Solomon Islands)
  10. ޓޮންގާ (Tonga)
  11. ޓުރްކްމެނިސްތާން (Turkmenistan)
  12. ޓުވާލޫ (Tuvalu)
  13. ވަނުއާޓޫ (Vanuatu)

މަޢުލޫމާތުނެގީ:އަލްޖަޒީރާ.ކޮމްއިން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް