ޗައިނާއިން މުއިއްޒުއަށް މަރުހަބާ ކިޔައިފި

މާލޭ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ޗައިނާއިން މަރުހަބާ ކިޔައިފި އެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުއިއްޒު ...

13 Apr 2021 | 18:01

މާލޭ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ޗައިނާއިން މަރުހަބާ ކިޔައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުއިއްޒު ބޮޑު ތަފާތަކުން މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއް ސައްތާރާއި އަމިއްލަ ކެންޑިޑޭޓު އަލްހާން ފަހުމީއާ ވާދަކޮށްގެންނެވެ. މާލޭ ސިޓީ ކައުންސިލްގެ ބޮޑު އަޣުލަބިއްޔަތުވެސް ޕީޕީއެމްއިން ހޯދާފައިވެއެވެ

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ކުރި ޓްވީޓުގައި ބުނެފައިވަނީ މުއިއްޒުއަށް އެ ގައުމުން މަރުހަބާ ދެންނެވީ އެ އެމްބަސީ ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޔޫ ޒުއެންގް ކުރެއްވި ފޯން ކޯލަކުން ކަމަށެވެ. އަދި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް އެ ދެ ބޭފުޅުން އެ ފޯން ކޯލްގައި މަޝްވަރާ ކުރެއްވި ކަމަށް ޗައިނާ އެމްބަސީންގެ ޓްވީޓުގައި ބުނެފައިވެއެވެ.

https://twitter.com/ChinaEmbassyMV/status/1381951527774920706

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޒަންގް ލިއޮންގްގެ ދައުރު ހަމަވުމާ ގުޅިގެން ދާދިފަހުން އޭނާ ވަނީ ގައުމަށް އެނބުރި ވަޑައިގެންފަ އެވެ. ސަފީރަކު ނެތް ހާލަތެއްގައި އެމްބަސީތައް ހިންގާނީ އެ އެމްބަސީގެ ޝާޖެޑެ އެފެއާޒެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއާއި ޗައިނާއާ ދެމެދު ހާއްސަ ގުޅުމެއް ބާއްވާފައިވެ އެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ ޑރ. މުއިއްޒުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް