ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 58 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 38 މީހުންނެވެ. އަތޮޅު ތެރެއިން 11 މީހަކު ޕޮސިޓިވް ވެފައިވެ އެވެ. ރިސޯޓުތަކުންެސވެސް މިއަދު 11 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
ކޯވިޑަށް މިއަދު ޓެސްޓު ކޮށްފައިވަނީ 2،645 ސާމްޕަލެވެ.
ކޯވިޑް ޖެހިގެން ފަރުވާ ދެމުންދަނީ 2،702 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 62 މީހުންނަށެވެ
ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 185 މީހަކު ރަނގަޅުވެފައިވެ އެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 22،981 އަށް އަރާފައި އެވެ.
ކޯވިޑް-19 ޖެހިގެން މަރުވެފައިވަނީ 67 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 25.759 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް