އިންތިހާބާއި ބެހޭ މައި މަރުކަޒުގައި މިއަދު މެންދުރު ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ވެރިކަން ކުރާ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް/ ޕީއެންސީންވެސް ހެދީ ދޮގު ްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިހަމަނުޖެހުންތައް ފެށެން ދިމާވީ18 ވޯޓު ފޮއްޓެއް ގުނަން އީސީން ނިންމުމުންނެވެ.
ހަމަނުޖެހުންތައް ފުލުހުން ކޮންޓްރޯލް ކުރި ފަހުން އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ 18 ވޯޓު ފޮށީގެ ސެކިއުރިޓީ ކެޑުމަށް ނިންމީ، އެއްވެސް ފަރާތަކުން ހުށަހަޅި ޝަކުވާއަކާ ގުޅިގެން ނޫން ކަމަށެވެ. އަދި އެ ހަމަނުޖެހުމާ ގުޅިގެން ދެ ޕާޓީން ވެސް ވާހަކަ ދައްކަނީ އެ ޕާޓީއަކަށް ފައިދާވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެކަން ހިނގަމުން ދިޔަ ވަގުތު ވާދަވެރި ސިޔާސީ ޕާޓީތަކުގެ ވެރިން އިންތިހާބުތަކާ ބެހޭ މައި މަރުކަޒު ކައިރިއަށް ގޮސް، ހަމަނުޖެހުންތަކެއް ވަނީ ހިންގައިފަ އެވެ. އެކަން ދިފާއުކޮށް އެ ޕާޓީތަކުން ދެއްކި ވާހަކަތަކަކީ ވެސް ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މައިގަނޑު ގޮތެއްގައި ހުރި މައްސަލައަކީ ނަތީޖާ ޝީޓްގައިވާ ބައެއް އަދަދުތައް ޓެލީ ނުވުން ނުވަތަ ދިމާނުވުން ކަމަށެވެ. ފޮށިތައް އަލުން ބެލި ނަމަވެސް ހުރިހާ ފޮއްޓެއްގެ ހުރިހާ ވޯޓެއް އަލުން ނުގުނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ ބައެއް މީހުން އެ ސަރަހައްދަށް ޖަމާވީ، ޝަކުވާތަކާ ގުޅިގެން ގުނަން ޖެހޭ ވޯޓުފޮށިތައް ގުނަމުންދާ ކަމުގެ ދޮގު މައުލޫމާތު ލިބިގެން ކަމަށެވެ. މިއަދު 18 ވޯޓު ފޮށި ބަލަނީ އެއީ އާންމުނާއި ޕާޓީތަކުން ހުށަހަޅި ޝަކުވާއަށް ނޫން ކަމަށް ބުނެ ކޮމިޝަނުން އެމީހުންނަށް އެކަން ވިސްނުވައި ދިނުމަށް މަސައްކަތް ކުރަން ޖެހުނު ކަަމަށް ޝަރީފު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް