އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ. ފުލުހުން ބުނީ އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުންދިން މައްސަލަ މިއަދު ހަވީރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށ...

13 Apr 2021 | 15:48

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.

ފުލުހުން ބުނީ އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުންދިން މައްސަލަ މިއަދު ހަވީރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ހަވީރު 4:50 ހާއިރު އެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައިވާއިރު މިއަދު މެންދުރުން ފެށިގެން އިންތިހާބުގެ ވޯޓު ފޮށިތަކެއް ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އިދިކޮޅާއި އެމްޑީޕީ އާއި ދެމެދު ވަނީ އިންތިހާބާއި ބެހޭ މަރުކަޒުު ކައިރީގައި ހަމަނުޖެހުން ހިންގާފަ އެވެ.

ހަމަނުޖެހުންތައް އިތުރަށް ހޫނުވީ އިދިކޮޅުން އަޑުގަދަ ކުރަމުން ދަނިކޮށް އެމްޑީޕީގެ ރައީސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބާއި ބެހޭ މައި މަރުކަޒަށް ވަޑައިގެން ނެވުމުންނެވެ.

ނަޝީދު ވިދާޅުވީ އެމަނިފާނު އެތަނަށް ވަޑައިގެންނެވީ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ ސަރަހައްދުން ފޮނުވާލުމަށް ކަމަށެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް