"ރަމަޟާން މަހަށް މަރުހަބާ" ދަރުސް މިރޭ ދުވަސްގެ ފޭސްބުކް ޕޭޖްގައި ލައިވްކޮށް ގެނެސްދޭނެއެވެ.
އައްޝައިޚް އިލްޔާސް ހުސައިންގެ މި ދަރުސް ގެނެސްދޭމީ މިރޭ 21:30 ގައެވެ. ޝެއިޚް އިލްޔާސްގެ ފޭސްބުކް ޕޭޖުންވެސް ލައިވްކޮށް ގެނެސްދޭނެއެވެ.
ދުވަހުން މަސައްކަތް ކުރަމުން މިދަނީ، ހަފްތާއަކު ދެ ދުވަހު، ދުވަހުގެ ކިޔުންތެރިންނަށާއި ބެލުންތެރިންނަށް މިދަފަ ދަރުހެއް ގެނެސްދެވޭތޯއެވެ.
މީގެ އިތުރުން، ކޮންމެ ނަމާދު ވަގުތެއްގެ 10 މިނިޓްކުރިން ދުވަހުގެ ކިޔުންތެރިންނަށް، ނަމާދު ވަގުތު ހަނދާންކޮށްދީ ޕޯސްޓެއް ކުރަމުން ގެންދާނެއެވެ. ބޭނުމަކީ ވަގުތުގެ ކުރީކޮޅު ނަމާދަށް ދިއުމާއި، ރަވާތިބު ސުންނަތާއި މަސްޖިދް ސުންނަތަށް ރައްކާތެރި ވުމަށް އެހީތެރިވުމެވެ.
މި ބަރަކާތްތެރި މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އަޅުކަންތައް އިތުރު ކުރުމަށް ދުވަހުގެ ކިޔުންތެރިންނަށް ނަޞޭޙަތްތެރި ވަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް