އިންތިހާބީ މަރުކަޒަށް ދިޔައީ އިދިކޮޅު ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެތަނުން ނެރެން ކަމަށާއި އެކަން މިހާރު ވެފައިވާކަމަށް ވެރިކަންކުރާ ލީޑަރު، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ސޯޝަލް މީޑިއާ ގްރޫޕެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެތަނަށް ދާން ޖެހުނީ ވޯޓު ފޮށި ކައިރީގައި އަބްދުއްރަހީމާއި ޕީޕީއެމްގެ އިސްވެރިން ތިބޭތާ ގިނައިރުތަކެއްވުމުން ކަމަށެވެ.
ތިރީސް މިނެޓު ވީއިރުވެސް އެކަން ހައްލު ނުކުރެވުނު ނަމަވެސް މިހާރު އަބްދުއްރަހީމް އެތަނުން ނެރެވިފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންތިހާބީ މަރުކަޒުގައި މިއަދު އިދިކޮޅުން އިހުތިޖާޖު ކުރަންފެށީ ވޯޓު ގުނަނީ އޮޅުވާލަން ކަމަށްބުނެއެވެ. އިހުތިޖާޖު ކުރަނިކޮށް އެ ސަރަހައްދަށް ނަޝީދު ދިއުމުން މަސްރަހު ވަރަށް ބޮޑަށް ގޯސްވެގެން ދިޔައެވެ.
މިހާރު ފުލުހުން ވަނީ އެ ސަރަހައްދު އަމާންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް