ފިތުރު ޒަކާތް ބަލައިގެންނަން ފަށައިފި، މާލޭގައި އޮންލައިންކޮށް

1442 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގެންނަން ފަށައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި އަތޮޅުތަކުގައި ފިތުރު ޒަކާތް ބަލައިގެން...

13 Apr 2021 | 09:48

1442 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގެންނަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި އަތޮޅުތަކުގައި ފިތުރު ޒަކާތް ބަލައިގެންނަމުންދާނެ ކަމަށެވެ. އަތޮޅު ތެރޭގައި ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ރަށެއްގެ ރަށު ކައުންސިލް އިދާރާއަށެވެ.

މާލެ ފިޔަވާ އެހެން ސިޓީތަކުގައި ސިޓީ ކައުންސިލުން ފިތުރު ޒަކާތް ބަލައިގެންނަ ގޮތަށް ހަމަޖައްސާފައި އޮތަސް މާލޭގައި ޒަކާތް ބަލައިގެންނަމުންދާނީ އޮންލައިންކޮށެވެ. އޮންލައިންކޮށް ޒަކާތް ދެއްކެނީ

ދިރާގު: ވެބްސައިޓު، ދިރާގު ޕޭ އަދި އެސްއެމްއެސް މެދުވެރިކޮށް

އުރީދޫ: އެމްފައިސާ އަދި އެސްއެމްއެސް މެދުވެރިކޮށް

ބީއެމްއެލް: ވެބްސައިޓު މެދުވެރިކޮށް

އެމްއައިބީ: ފައިސާ ނެޓް އަދި މާލެ އާއި ހުޅުމާލޭ ބްރާންޗު ކައުންޓަރުން

ފަހިޕޭ: އެޕްލިކޭޝަން މެދުވެރިކޮށް

މިއަހަރު ފިތުރު ޒަކާތް ބަލައިގެންނަމުން ދަނީ އެ ރަށެއްގައި ބަނޑު ކެއުމެއްގެ ގޮތުގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމަށް ވާ އަގެވެ.

ޒަކާތުގެ ގޮތުގައި ފައިސާ ދައްކަން ޖެހެނީ:

އާދައިގެ ހަނޑޫ: 12 ރުފިޔާ

ތައިލެންޑް ހުދު ހަނޑޫ: 52 ރުފިޔާ

ރަތް ހަނޑޫ: 78 ރުފިޔާ

ބާސްމަތީ ހަނޑޫ (އާދައިގެ): 65ރުފިޔާ

ބާސްމަތީ ހަނޑޫ (މޮޅު): 89 ރުފިޔާ

ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ

އާދައިގެ ފުށް: 10 ރުފިޔާ

އާޓާ ފުށް: 59 ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް