ރޯދަ މަހުގެ ފުރަތަމަ ދުވަސް: ބާޒާރުގެ އަގުތައް

ރަމަޟާން މަހު ބަދިގޭގައި އުޅޭ ގިނަ ބަޔަކު ބަލާލަން ބޭނުންވާ އެއްކަމަކީ ތަކެތީގެ އަގުތަކެވެ. ރޯދަ ވީއްލަން ކާތަކެތި ތައްޔާރު ކުރުމުގެ ކުރިން، ކޮންމެހެން ވެސް އަގު ބަލާލަން ބޭނުންވާ ތަކެތި ހުންނާނެއެވެ....

13 Apr 2021 | 09:30

ރަމަޟާން މަހު ބަދިގޭގައި އުޅޭ ގިނަ ބަޔަކު ބަލާލަން ބޭނުންވާ އެއްކަމަކީ ތަކެތީގެ އަގުތަކެވެ.

ރޯދަ ވީއްލަން ކާތަކެތި ތައްޔާރު ކުރުމުގެ ކުރިން، ކޮންމެހެން ވެސް އަގު ބަލާލަން ބޭނުންވާ ތަކެތި ހުންނާނެއެވެ.

އެގޮތުން ދަތުރުވެރިންގެ ބާޒާރުގައި މިއަދު ބައެއް ތަކެތީގެ އަގުތައް ހުރިގޮތް "ދުވަސް" އިން ވަނީ ބަލައިލާފައެވެ. އެންމެ ފުރަތަމަވެސް ދިވެހިން އެންމެ ބޭނުންވާ ކަރާގެ އަގަށް ބަލައިލާނަމެވެ.

އެގޮތުން ބާޒާރުގައި ކަރާގެ އަގު އުޅެނީ، ކިލޯއެއް 25 ރުފިޔާއަށާއި 30 ރުފިޔާއަށެވެ. ނަމަވެސް ގިނަ ގޮޅިތަކުން ކަރާ ކިލޯއެއް ވިއްކަމުންދަނީ 25 ރުފިޔާއަށެވެ.

އަނބު ކިލޯއެއް 150 ރުފިޔާއާ 200 ރުފިޔާއި ދެމެދުގައި އަގުުތަކެއްގައި ލިބެން އެބަހުއްޓެވެ.

ފަޅޯ ކިލޯއެއް 45 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ވިއްކާއިރު، ދޮންކެޔޮ ކިލޯއެއް ލިބެން ހުރީ 55 ރުފިޔާއާއި 75 ރުފިޔާއާ ދެމެދުގެ އަގެއްގައިއެވެ.

ބަރަބޯ ކިލޯއެއް 40 ރުފިޔާއަށް ލިބެން ހުރިއިރު 40 ރުފިޔާއަށް ނުވަތަ 45 އަށް މިރުސް ކިލޯއެއް ލިބެއް ހުއްޓެވެ. އަދި ކޮޕީފަތް ވިއްކަމުން ދިޔައީ 10 ރުފިޔާއަށެވެ.

ބޯށި ކިލޯއެއް 25 ރުފިޔާއަށް ލިބެން ހުރި އިރު، ބަށި ކިލޯއެއް 50 ރުފިޔާއަށް ލިބެންހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް