ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިންތިހާބީ މަރުކަޒުތެރެއަށް ވަދެ ހަމަނުޖެހުން ހިންގަމުން އެބަ ދެއެއެވެ. އިދިކޮޅު ފަރާތްތަކުން މިހާރު ތިބީ އިންތިހާބީ މަރުކަޒު ގޯތިތެރޭގައެވެ.
އިންތިހާބީ މަރުކަޒުގެ ތެރޭގައި އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުންނާއި ސަޕޯޓަރުން ވެސް ވަދެ އެބަތިބިއެވެ.
މިހާރު އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ސަރަހައްދަށް އެއްވި މީހުން ފޮނުވާލަން އުޅުމުގެ ތެރޭގައި މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
އިންތިހާބީ މަރުކަޒުތެރެއަށް ވަން ބައެއް މީހުން ތިބީ ގައުމީ ދިދަ ވެސް ހިފައިގެންނެވެ. އެމީހުން ތުހުމަތު ކުރާ ގޮތުގައި ވޯޓު ފޮށިތައް ކަނޑައިގެން އިންތިހާބު އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން އިސްވެ އޮވެ ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް