ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ނަތީޖާ ކަށަވަރުކުރުމަށް18 ފޮއްޓެއްގެ ވޯޓު އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންޝް ކޮމިޝަނުން ބުނީ އެ 18 ފޮށީގެ ވޯޓުއަލުން ގުނަން ފަށާފައިވަނީ މިއަދު މެންދުރު 1:30 ން ފެށިގެންކަމަށެވެ. ވޯޓު ފޮށިތައް ގުނާތަނަށް އެ ފޮށިތަކާ ގުޅުންހުރި ކެންޑިޑޭޓުންނަށް އެސްއެމްއެސް މެދުވެރިކޮށް ދައުވަތު އަރުވާފައިވާކަމަށް އީސީން ބުންޏެވެ.
އަލުން ގުނަން ނިންމާފައިވަނީ ބައެއް ރިސޯޓުތަކުގައި ބަހައްޓާފައި ވޯޓު ފޮށިތަކެވެ. އަދި އދ. ފެންފުށީ އެއްނަމްބަރު ވޯޓު ފޮއްޓާއި މާލެ އާއި ވިލިމާލޭގައި އަދި ހުޅުމާލޭގައި ބެހެއްޓިފައިވާ އެހެނިހެން ދާއިރާތަކުގެ ވޯޓު ފޮށިތަކެކެވެ.
މީގެ ތެރޭގައި އެމްޑީޕީން ގުނައިދެން ހުށަހަޅާފައިވާ ހަތަރު ވޯޓު ފޮއްޓާއި އެމްއާރުއެމްއިން ގުނަން އެދުނު މާލޭގެ ފޮށި ނުހިމެނެ އެވެ.
ނިމިދިޔަ އިންތިހާބުގައި 3934 ކެންޑިޑޭޓުން ވާދަކުރި އެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ އެމްޑީޕީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް