ކުރީގެ ރައީސް އަބްދުﷲ ޔާމީން މި ރޯދަ މަހު ޖަލުގައި ހުންނަވަން ޖެހުމުން ފެނިގެންދަނީ މި ސަރުކާރުގެ އަނިޔާވެރިކަން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން އަދި ރަމަޟާން މަހާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން ވަނީ ޔާމީން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައިއެވެ. އަދި އިދިކޮޅު ލީޑަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކޮށްފައިވާއިރު މެޑަމް ފާތިމަތު އިބްރާހިމްގެ ފަރާތްޕުޅުން ރައީސް ސޯލިހަށް އެކަމަށް އެދި ސިޓީއެއް ފޮނުވާފައިި އެވެ.
އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަދަލު ހިފުމާއި އަނިޔާވެރިވުން ހުއްޓާލައި އޯގާތެރިކަން އިސްކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް އާދަމް ޝަރީފު ވަނީ ސަރުކާރަށް އިލްތިމާސް ކުރައްވާފަ އެވެ.
އާދަމް ވިދާޅުވީ ރޯދަ މަހު ޔާމީން ޖަލުގައި ހޭދަ ކުރަން ޖެހުމުން ހާމަ ވަނީ ސަރުކާރުގެ އަނިޔާވެރިކަން ކަމަށެވެ.
https://twitter.com/Adamshareefz/status/1381720964547809282
ރައީސް ސޯލިހު އިއްޔެ ވިދާޅުވީ މެޑަމް ފާތުންނާއި އިދިކޮޅުގެ އެދިވަޑައިގަތުން އެނގިވަޑައިގެންނަވާ ކަމަށެވެ. އަދި ޔާމީނަށް ދެރަގޮތެއް ނުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އިދިކޮޅު ލީޑަރުންނާއި މެޑަމް ފާތުން ގޭބަންދަށް ޔާމީން ބަދަލުކޮށްދިނުމަށް އެދިވަޑައިގެންނަވަނީ ސިއްހީ ހާލަތު ހުރިގޮތުން ކަމަށް ވިދާޅުވި ކަމަށެވެ. އެކަމަކު ރައީސް ޔާމީން ވިދާޅުވަނީ އެމަނިކުފާނުގެ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލަފާފައިވަނީ މަނީލޯންޑަރިންގެ ކުށްސާބިތުވެގެންނެވެ. މީގެ އިތުރުން ފަސް ލައްކަ ޑޮލަރުން ޖޫރިމަނާ ކޮށްފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް