މިއަހަރު އިހްޔާ ފޯރަމް އަށް ވަކި އަދަދަކަށް މީހުންނަށް ވަދެވޭނެ

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރެއްގެ ރަމަޟާން މަހަކު ބާއްވަމުން އަންނަ އިހްޔާ ފޯރަމް މިއަހަރު ކުރިޔަށް ގެންދާނީ މީހުންނަށް ވަދެވޭގޮތަށް މިދިޔަ އަހަރާއި ތަފާތުކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބ...

13 Apr 2021 | 08:23

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރެއްގެ ރަމަޟާން މަހަކު ބާއްވަމުން އަންނަ އިހްޔާ ފޯރަމް މިއަހަރު ކުރިޔަށް ގެންދާނީ މީހުންނަށް ވަދެވޭގޮތަށް މިދިޔަ އަހަރާއި ތަފާތުކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިހްޔާ ފޯރަމް ކުރިޔަށް ގެންދަން ފަށާފައިވަނީ 1980 ވަނަ އަހަރުއެވެ. ގިނަ ބަޔަކު ބައިވެރިކޮށްގެން ކޮންމެ އަހަރެއްގެ ރޯދަ މަހު އިހްޔާ ފޯރަމް ބާއްވަމުން އައިސް މިދިޔަ އަހަރު އިހްޔާ ފޯރަމް އޮންލައިންކޮށާއި ޓީވީ ޗެނަލްތައް މެދުވެރިކޮށް ދެއްކީ ކޯވިޑް-19 ގެ ލޮކްޑައުނާއި ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކޯވިޑްގެ ހާލަތުން އަރައި ގަނެވިފަ ނުވާތީ މިއަހަރު އިހްޔާ ފޯރަމްތައް ކުރިޔަށް ގެންދާނީ ވަރަށް މަދު ބަޔަކު ބައިވެރިކޮށްގެން ކަމަށެވެ. ފޯރަމްތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުގެރެއެވެ.

މިއަހަރުވެސް ދީނީ ނަސޭހަތް ދޭނީ ދިވެހި އިލްމުވެރިންނެވެ.

މީގެ ކުރިން ބޭރުގެ ޢިލްމުވެރިން ގެނެސްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް މިހާރު ގެންދަނީ ދިވެހި ޢިލްމުވެރިން، ވަކި މަޢުޟޫއަކަށް މަޝްވަރާ ކުރާ ޕެނަލެއްގެ އިތުރުން ޚާއްސަ ޕްރެޒެންޓޭޝަންތަކުގެ އަލީގައެވެ.

އިޙްޔާ ފޯރަމްތައް އަޑުއެހުމަށް ދާ ޢާއްމުންގެ ތެރޭގައި ގިނަޢަދަދެއްގެ ސްކޫލްކުދިންނާއި އެކި ޢުމުރުފުރާގެ މީހުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް