ދިރާގުން ރަމަޟާން މަހަށް ޚާއްސަ ޕެކޭޖު ތަކެއް ތައާރަފުކޮށްފި

ދިރާގުން މި ރަމަޟާން މަހުގައި އާއިލާ އާ ރައްޓެހިނާ ގުޅައިދީ އަދި މި މާތް މަހު ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ލުއި ފަސޭހަތައް ގެނައުމުގެ ގޮތުން ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފ...

13 Apr 2021 | 07:40

ދިރާގުން މި ރަމަޟާން މަހުގައި އާއިލާ އާ ރައްޓެހިނާ ގުޅައިދީ އަދި މި މާތް މަހު ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ލުއި ފަސޭހަތައް ގެނައުމުގެ ގޮތުން ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ މި ރަމަޟާން މަހު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަމުންނަށް އެންމެ 45 ރުފިޔާއަށް ރޯދަ 10 ޖީބީގެ އެފް.ބީ.ބީ ޑޭޓާ ބޫސްޓާ އެކްޓިވޭޓް ކުރެއްވޭނެކަމަށެވެ. މި ބޫސްޓާ އެކްޓިވޭޓް ކުރާ މަސް ނިމެންދެން ބޭނުނުން ކުރެއްވޭނެއެވެ.

އަދި ހަމައެއާއެކު، ދިރާގު މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް ރޯދަ 3.5 ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް ރޯދަ ހަތް ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެއްވޭނެއެވެ. މި ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެއްވޭނެ އެވެ.

މި ބަންޑަލްތައް ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް އެސް.އެމް.އެސް ކޮށްގެން އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

އަދި ހަމައެއާއެކު ރަމަޟާން މަހަކީ ދީލަތިކަމާއި، އެކަކު އަނެކަކަށް އެހީވެ، އެކަކު އަނެކެއްގެ އިހުސާސްތަށް ދެނެގަންނަ މައްސަރުކަމަށް ވުމާއެކު، މި މާތް މައްސަރުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މި ފަހަރު ރަމަޟާން މަހު ކަސްޓަމަރުން ދިރާގުގެ ރޯދަ ޑޭޓާ ބޫސްޓާސް އަދި ބަންޑަލްތައް ގަންނަން ކުރާ ހަރަދުގެ  10 ޕަސެންޓު ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނިގޮތުގައި ވޭތުވެދިޔަ އަހަރުތަކާ އެއްފަދައިން މިއަހަރުވެސް ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ. ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދިރާގު ޕޭ އެޕް ނުވަތަ ދިރާގު ވެބްސައިޓްގެ ލިންކުން () ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން #5*454* އަށް ގުޅައިގެން ފިތުރު ޒަކާތް ދެއްކޭނެއެވެ.

މި މާތް މަހު ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ދިރާގުން ބުނެއެވެ. އަދި މި މި ބަރަކާތްތެރި ރަމަޟާން މަހަކީ އަމާން އަދި ބާއްޖަވެރި މައްސަރެއް ކަމުގައި އަޅުގަނޑުމެން އެންމެންނަށްވެސް ވެގެން ދާނެކަމަށް އުންމީދުކުރާ ކަމުގައި ދިރާގުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް