ސޮނާލީ ދަރިފުޅު ކައިރިން ފުރާވަރު ކުދިން ސެލްފީ ނަގާގޮތް ދަސްކުރަނީ

ބޮލީވުޑްގެ ކުރީގެ ބަތަލާ ސޮނާލީ ބެންޑްރޭ ފުރާވަރު ކުދިން ސެލްފީ ނަގާ ގޮތާއި ސެލްފީއަށް ހުއްޓޭގޮތް ދަސް ކުރަން ފަށައިފި އެވެ. އޭނާ އެކަން ދަސްކުރަނީ ފިރިހެން ދަރިފުޅު ރަންވީރު ކައިރިންނެވެ. ސޮނާލީ އާއި...

13 Apr 2021 | 07:28

ބޮލީވުޑްގެ ކުރީގެ ބަތަލާ ސޮނާލީ ބެންޑްރޭ ފުރާވަރު ކުދިން ސެލްފީ ނަގާ ގޮތާއި ސެލްފީއަށް ހުއްޓޭގޮތް ދަސް ކުރަން ފަށައިފި އެވެ.

އޭނާ އެކަން ދަސްކުރަނީ ފިރިހެން ދަރިފުޅު ރަންވީރު ކައިރިންނެވެ. ސޮނާލީ އާއި ފިލްމު އުފައްދާ ގޯލްޑީ ބެހްލްގެ ދަރިފުޅު ރަންވީރަށް 15 އަހަރެެވެ.

ސޮނާލީ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހުޑް އާއި އެކު ހުރިހާ ކަމެއް ރަނގަޅު ކަމަށެވެ. އެހެން ލިޔެ ހިއްސާކޮށްފައިވާ ފޮޓޯގައި ފެންނަނީ ބޯނިވާކޮށް ހުޑެއް އަޅައިގެން ފޮޓޯއަށް ހުއްޓިލައިގެން އިންނަތަނެވެ.

ސޮނާލީ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ އެއީ އޭނާގެ ފުރާވަރު ދަރިފުޅު ކައިރިން ދަސްވި ކަންކަން ކަމަށެވެ. އަދި ފުރާވަރު ފިރިހެން ކުދިންގެ މަންމައިން އޭނާ އެބުނި ވާހަކަ އަޑުއަހަންތޯ ސުވާލުކޮށްފައިވެ އެވެ.

https://www.instagram.com/p/CNkFMCJHgUp/?utm_source=ig_embed

https://www.instagram.com/p/B1A25xuJGcW/?utm_source=ig_embed

ސޮނާލީީއަށް ރަންވީރު ލިބުނީންސުރެ އޭނާ ފާހަގަވެގެން ގޮސްފައިވަނީ ދަރިފުޅާއި ބެހޭގޮތުން ތަފާތު ވާހަކަތައް އާންމުންނާއި ހިއްސާ ކުރާ މީހެއްގެ ގޮތުގައި އެވެ. އެގޮތުން އޭނާ ދަރުފުޅަށް ދޭ ނަސޭހަތްތަކާއި ދެމައިންގެ ދެމެދުގައި ދެކެވޭ މަޖާ އަދި ސީރިއަސް ވާހަކަތައް ސޮނާލީ އާންމުންނާއި ހިއްސާ ކުރެ އެވެ.

2018 ވަނަ އަހަރު ކެންސަރު ބައްޔާއި ހަނގުރާމަ ކުރި ސޮނާލީ މީޑިއާގައި ބުނިގޮތުގައި އޭނާއަށް ކެންސަރު ޖެހުނުކަން ވަރަށް ތަފްސީލްކޮށް ދަރިފުޅަށް އޭރު ކިޔައިދީފައިވާނެ ކަމަށެވެ. ސޮނާލީ މިހާރު ވަނީ ބަލިން ސަލާމަތްވެފަ އެވެ.

ސޮނާލީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2004 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޝަންކަރް ދާދާ އެމްބީބީއެސް" އާއި އާޖާ ބާއީ އަރޭޖާ" އިންނެވެ. އޭގެ ފަހުން ހާއްސަ ފެނިލުމަކުން 2013 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ވަންސް އަޕޯންއަ ޓައިމް އިން މުމްބާއީ" އިން ފެނިގެން ގޮސްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް