ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ވިއްކަން އެސްޓިއޯގެ އެގްރިސެންޓަރު ހުޅުވައިފި

އެސްޓީއޯގެ އެގްރިސެންޓަރު ހުޅުވައިފި އެވެ. މި ސެންޓަރަކީ ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް އެ ކުންފުނިން ގަތުމަށް ފަހު ބާޒާރުގައި އެތަކެތި ހޯލްސޭލްކޮށް ވިއްކާ ފިހާރައެކެވެ. މި ފިހާރަ ރަސްމީކޮށް ހުޅު...

13 Apr 2021 | 06:54

އެސްޓީއޯގެ އެގްރިސެންޓަރު ހުޅުވައިފި އެވެ.

މި ސެންޓަރަކީ ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް އެ ކުންފުނިން ގަތުމަށް ފަހު ބާޒާރުގައި އެތަކެތި ހޯލްސޭލްކޮށް ވިއްކާ ފިހާރައެކެވެ. މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.

އެސްޓީއޯއިން ބުނީ އެސެންޓަރަކީ ދިވެހި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ ތަނެއް ކަމަށެވެ. އެގޮތުން ދަނޑުވެރިން ހައްދާ ތަކެތި ބާޒާރުމަތީގައި ހުންނަ އެގްރިސެންޓަރަށް ގޮސް ކިރުމަށް ފަހު ވިއްކުމުން ވަގުތުން ފައިސާ ލިބޭނެ ކަމަށެވެ.

އަދި އެ ތަކެތި ޕެކެޓުކޮށް ތާޒާކަމާއި އެކު ބާޒާރަށް އެސްޓީއޯއިން ފޯރުކޮށްދޭނެ އެވެ.

އެސެންޓަރުން އަދި ގަންނަނީ15 ބާވަތެއްގެ ތަރުކާރީ އާއި މޭވާ އެވެ. އެ ބާވަތްތައް ދަނޑުވެރިންގެ އަތުން އެސްޓީއޯއަށް ގަންނަ އަގު ކަނޑައަޅާފައިވަނީ ދެ ފަރާތް މަޝްވަރާ ކުރުމަށް ފަހު މާލެއަށް ދަނޑުވެރިޔާގެ އުފެއްދުންތައް ގެނައުމާ ހަމައަށް ކުރަންޖެހޭ ހަރަދުތައް ކެނޑުމަށްފަހު ފައިދާ ލިބޭނެ ގޮތަށެވެ.

އެސްޓީއޯއިން މިހާރު ދަނޑުވެރިންގެ އަތުން ގަންނަ ތަކެތި ބާޒާރަށް ހޯލްސޭލް ކުރިޔަށް އެ ކުންފުނީގެ ވިސްނުން ހުރީ މުސްތަގުބަލްގައި އެތަކެތި ރިސޯޓުތަކަށް ވިއްކުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް