މި ރަމަޟާން މަހަށް ދުވަހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދުވަސް ފޮޓޯ މުބާރާތް މިއަދުން ފެށިގެން ކުރިއަށްދާނެއެވެ. ދުވަސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ފުރަތަމަ ފޮޓޯ މުބާރާތް ކުރިއަށް ދާނީ 'ތީމެޓިކް' ކޮށެވެ.
އެގޮތުން ހަފްތާއަކު އެއްފަހަރު ދުވަސް އިން ތީމެއް ކަނޑައަޅާނެއެވެ. އަދި ކޮންމެ ހަފްތާއަކު އެންމެ ރީތި ފޮޓޯ ހޮވައި، ހުރިހާ ހަފްތާއެއްގެ އެއްވަނަ ފޮޓޯގެ ތެރެއިން މުޅި މުބާރާތުގެ އެއްވަނަ ފޮޓޯ ހޮވޭނެއެވެ. މުބާރާތުގެ އެއްވަނަ ފަރާތަކަށް 500 ރުފިޔާ ލިބިގެންދާނެއެވެ.
މި މުބާރާތް ކުރިއަށް ދާނެ ގޮތަށް ބަލާއިރު، ކޮންމެ ހަފްތާއަކުވެސް، އެ ހަފްތާއަކަށް ކަނޑައެޅޭ ތީމެއް ދުވަސް ގެ ފޭސްބުކް ޕޭޖްގައި ކިޔުންތެރިންނާ ހިއްސާކުރެވޭނެއެވެ. އަދި އެ ހަފްތާތެރޭގައި އެ ފޮޓޯ ޝެއަރ ކޮށް، ރިއެކްޓް ކުރުމަށް ބެލޭނެއެވެ. ވަނަ ވަނަ ކަނޑައެޅުމުގައި ސޯޝަލް މީޑިޔާ ގެ ހަރަކާތްތެރިކަމަށް 50 އިންސައްތަ އަދި ޖަޖް ކުރުމަށް 50 އިންސައްތަ ދެވޭނެއެވެ.
މި މުބާރާތަށް އިންސާފުކުރާނީ ދުވަސް އިން ފަނޑިޔާރުންގެ ކޮމެޓީ އަކުންނެވެ. ފަނޑިޔާރު ކޮމިޓީ ލީޑުކުރައްވާނީ މަޝްހޫރު ފޮޓޯގްރާފަރ އަބްދުﷲ އަބީދު އެވެ.
ދުވަސް ފޮޓޯ މުބާރާތުގެ މި ހަފްތާގެ ތީމް އަކީ "ރޯދަ ވީއްލުން" އެވެ. އެހެންކަމުން މިއަދުން ފެށިގެން މި މަހުގެ20 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ހަފްތާގެ ދުވަހުގެ ފޮޓޯ ފޮނުވުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި އެއަށްފަހު ދެވަނަ ހަފްތާގެ ތީމް ކިޔުންވެރިންނަށް ގެނެސްދެވޭނެއެވެ.
ދުވަހަށް ފޮޓޯ ފޮނުވާނީ، ދުވަހުގެ ހޮޓްލައިން 7861571 އަށް ޓެލެގްރާމްއިންނެވެ. އަދި ފޮޓޯ ފޮނުވާނީ އެ ބޭފުޅެއްގެ ނަމާއެކުގައެވެ.ލިބޭ ފޮޓޯތައް ދުވަސްގެ ފޭސްބުކް ޕޭޖުގައި ޝެއަރ ކުރަމުންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް