ފިޓް ފާޒިލްގެ އެނބުރި އައުން މާ ވަރުގަދަ!

މީސްމީޑިއާ މެދުވެރިކޮށް މަޝްހޫރު ފަރާތްތައް އެމީހުންގެ މަޤުބޫލުކަން ދެމެހެއްޓުމަށް އެކި ކަންކަން ކޮށް އުޅެއެވެ. އޭގެތެރެއިން އެއްކަމަކީ، އެމީހުންގެ ފޭނުންނަށް ނުވަތަ ސަޕޯޓަރުންނަށް ހިލޭ ދޫކޮށްލާ އަގުބ...

13 Apr 2021 | 06:00

މީސްމީޑިއާ މެދުވެރިކޮށް މަޝްހޫރު ފަރާތްތައް އެމީހުންގެ މަޤުބޫލުކަން ދެމެހެއްޓުމަށް އެކި ކަންކަން ކޮށް އުޅެއެވެ. އޭގެތެރެއިން އެއްކަމަކީ، އެމީހުންގެ ފޭނުންނަށް ނުވަތަ ސަޕޯޓަރުންނަށް ހިލޭ ދޫކޮށްލާ އަގުބޮޑެތި ހަދިޔާތަކެވެ. ދުނިޔޭގެ މަޝްހޫރު އެހެން ސެލެބްރިޓީންއެކޭ އެއްފަދައިން، ރާއްޖޭގެ މަޝްހޫރު ފަންނާނުންވެސް މިފަދަ ކަންކަން ކުރިއަށް ގެންދިއުން މިހާރު ވަރަށް ބޮޑަށް އާއްމުވެއްޖެއެވެ. އެ ފަދަ ގިވް އަވޭއެއް ސްކޭމްއަކަށް ވެދާނެ ކަމަށް ފަހަކާ ޖެހެންދެން ވެސް ދިވެހިން ގަބޫލު ނުކުރެއެވެ.

އެކަމަކު މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރު އަދި މޮޑެލް ފިޓް ފާޒިލް ދިވެހިންގެ އެ ގަބޫލުކުރުން ބަދަލުކޮށްލިއެވެ. އަގުބޮޑު އިނާމުތަކަކާ އެކު މިދިޔަ އަހަރުގެ ޖޫން މަހު އޭނާ ހުޅުވާލި ގިވް އަވޭ އެއްގެ މައްސަލަ ހޫނުވެ ފަހުން އޭނާ ވަނީ އާންމުންގެ ފަރާތުން މައާފަށް ވެސް އެދިފަ އެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ 'ގެއްލުނެވެ.' އެޕަލް ބްރޭންޑްގެ، އަގުހުރި "މެކްބުކް ގޯލްޑް" އަކާއި، 512 ޖީބީގެ "އައިފޯން އެކްސް އެސް" އަދި "އެއާޕޮޑް" އެއްވެސް ހިމެނެއެވެ. މީގެއިތުރުން، އަންހެންކުދިންގެ މެދުގައި މަޝްހޫރު ބްރޭންޑް "ވިކްޓޯރިއާ ސީކްރެޓްސް" ގެ އަގުހުރި ހަދިޔާތަކެއް ހިމެނޭއިރު، "ގޫޗީ"، "ޖޯރޖިއާ އަރްމާނީ"، އަދި "ޑިއޯރ" ފަދަ މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކުގެ އެތައް ޕްރޮޑަކްޓްސް ފާޒިލްގެ މި "ގިވް އަވޭ" ގިފްޓް ޕެކް ލިބުނު މީހަކު ނެތެވެ. އެ ވެގެން ދިޔައީ ބޮޑު ސްކޭމްއަކަށެވެ.

އެހެން ނަމަވެސް އެ ޑައުންފޯލް އިން އަރައިގަނެ ފިލާވަޅުތަކެއް ލިބިގެން އަނެއްކާ ވެސް އޭނާ މަސައްކަތްތަކާއިގެން ކުރިއަށްދާން ނުކުމެއްޖެއެވެ. މި ފަހަރު އަދި މާ ވަރުގަދަކޮނެވެ. މި ފަހަރު ހަމައެކަނި ފޭސްބުކް އަދި އިންސްޓަރގްރާމަކު ނޫނެވެ. މަގުބޫލްވެފައިވާ ވީޑިއޯ ޕްލެޓްފޯމް ޓިކްޓޮކުގައި ވެސް އޭނާ ދަނީ އޭނާގެ ޖާދޫ ދައްކަމުންނެވެ. އޭނާ ޓިކްޓޮކަށް ދޫކޮށްލާ ގިނަ ވީޑިއޯތަށް ވައިރަލްވެފައި އެބަ ހުޢްޓެވެ. ލައްަކއިން މީހުން ބެލި ވީޑިއޯ ވެސް އެބަ ހުށްޓެވެ. މިއީ ހަގީގަތުގައި ވަރަށް ހިތްވަރު ހުރެގެން ނޫނީ ނުވާނެ ކަމެކެވެ. ދިވެހިން ފަދަ ފުރައްސާރަ ކުރުމުގައި އަރާ ތިބި ބައެއްގެ ތެރޭގައި އަލުން ފިޔަ ޖެހުމަކީ އުނދަގޫ ކަމަކަށް ވާނެތީއެވެ.

https://www.tiktok.com/@fitfazil/video/6943175306257681666?

ދާދި ފަހުން އޭނާ ވަނީ ހަޔާތުގެ ވަރަށް މުހިންމު ނިންމުމެއް ވެސް ނިންމާފައެވެ. އޭނާ މިހާރު ހުރީ ކައިވެނި ވެސްކޮށް ޒިންމާދާރު ފިރިއެއްގެ މަގާމުގައެވެ. ފާޒިލް އަކީ ގިނަ ބައެއްގެ ތެރޭގައި މަޤްބޫލު މީހެއްކަމުގައި ވީނަމަވެސް އޭނާ ކައިވެރި ކޮށްފައިވާ ޝުރުފާ ނަސީރު އަކީ އާންމުންނަށް އެނގޭ ކުއްޖެއްނޫނެވެ. އެކަމަކު އޭނާ ބުނާ ގޮތުގައި އޭނާ އެންމެ ހާލުގައި ޖެހުނު ވަގުތު އެހީވި އަދި ގާތުގައި ހުރި މަދަދު ގާރަކީ އެއީ އެވެ. އޭނާ ކަިވެނި ކުރީ އޭނާ ދެކެ ހަގީގީ ލޯބިވާ މީހަކާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް