ލޯބިވާ ފަރާތަކަށް މުސްޙަފެއް ހަދިޔާ ކުރުމުގެ ފުރުސަތު!

ލޯބިވާ ފަރާތަކަށް މުސްޙަފެއް ހަދިޔާ ކުރުމުގެ ފުރުސަތު ދުވަހުން ހުުޅުވާލައިފިއެވެ. އެގޮތުން، ކޮންމެ ދުވަހަކުވެސް، ދުވަހުގެ ފަރާތުން ފޭސްބުކްގައި ޕޯސްޓެއް ކުރެވޭނެއެވެ. ކިޔުންތެރިން މުސްހަފްް ހަދިޔާ ކުރ...

13 Apr 2021 | 05:35

ލޯބިވާ ފަރާތަކަށް މުސްޙަފެއް ހަދިޔާ ކުރުމުގެ ފުރުސަތު ދުވަހުން ހުުޅުވާލައިފިއެވެ.

އެގޮތުން، ކޮންމެ ދުވަހަކުވެސް، ދުވަހުގެ ފަރާތުން ފޭސްބުކްގައި ޕޯސްޓެއް ކުރެވޭނެއެވެ. ކިޔުންތެރިން މުސްހަފްް ހަދިޔާ ކުރަން ބޭނުންވާ ފަރާތެއް ކޮމެންޓް ބައިގައި ޓެގް ކޮށްލަންވާނެއެވެ. ޓެގް ކުރަން ބޭނުންވަނީ ފޭސްބުކް ބޭނުން ނުކުރާ ފަރާތެއް ނަމަ، އެ މީހެންގެ ނަން ޖަހާލާނީއެވެ.

ކޮންމެ ދުވަހެއްގެ ޕޯސްޓަށް ކޮމެންޓް ކުރައްވާނީ އެ ދުވަހެއްގެ ރޭގަނޑު 23:59 ގެ ކުރިންނެވެ. ކޮންމެ ދުވަހެއްގެ ހަދިޔާ ލިބޭ ފަރާތަކަށް، ޖެހިގެން އަންނަ ދުވަހު، ދުވަހުގެ ފަރާތުން ނަސީބުވެރިޔާއާ މުސްހަފް ހަވާލު ކުރެވޭނެއެވެ.

އެހެންކަމުން މި ރަނުގެ ފުރުސަތުގެ ބޭނުން ހިއްޕަވައިގެން، ލޯބިވާ ފަރާތަކަށް މުސްޙަފެއް ދިނުމަށް އަވަސްވެގަންނަމާތޯއެވެ.

ރަމަޟާން މަހަށް ޚާއްސަކޮށްގެން ދުވަހުގެ ފަރާތުން މުސްހަފް ހަދިޔާ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ދުވަހުން ވަނީ ރަމަޟާން މަހަށް ޚާއްސަކޮށްގެން ދެ މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެއީ ދުވަސް ކުރުވާހަކަ މުބާރާތާއި، ދުވަސް ފޮޓޯ މުބާރާތެވެ.

މި ދެ މުބާރާތުގެ މައުލޫމާތު ދުވަހުގެ އެކި ޕްލެޓްފޯމްތަކުގައި ފެނިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް