މިއަހަރު އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަން ޖެހޭ ގައުމުތަށް!

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް މިއަދު ފެށިގެން ދިޔަ އިރު މުޅި ދުނިޔޭގައި ދެ ބިލިއަނަށްވުރެ ގިނަ މުސްލުމުން ރޯދަ ހިފާނެ އެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ބައިނަލް އަގުވާމީ މީޑިއާގައި ...

13 Apr 2021 | 04:58

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް މިއަދު ފެށިގެން ދިޔަ އިރު މުޅި ދުނިޔޭގައި ދެ ބިލިއަނަށްވުރެ ގިނަ މުސްލުމުން ރޯދަ ހިފާނެ އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ބައިނަލް އަގުވާމީ މީޑިއާގައި ގެނެސްދޭ ތަފާތު ހަބަރުތަކުގެ ތެރެއިން ރޯދައަށް އެންމެ ގިނަ ވަގުތު ހުންނަން ޖެހޭ ގައުމުގެ މައުލޫމާތަކީ އާންމުން ޝައުގުވެރިވާ މައުލޫމާތެކެވެ.

އިސްލާމިކް ފައިންޑާ ޑޮޓް އޯގް އިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިއަހަރު މިއަަރު އެންމެ ގިނަ ވަގުތު ރޯދައަށް ތިބެން ޖެހޭނީ ގްރީން ލޭންޑާއި އައިސްލޭންޑްގެ މުސްލިމުންނެވެ. އެ ދެގައުމުގެ މުސްލިމުން ގިނަ ވެގެން 20 ގަޑިއިރު މި ރަމަޟާން މަހު ރޯދައަށް ތިބެން ޖެހޭނެއެވެ.

ފިންލޭންޑް ރައްޔިތުން 19 ގަޑިއިރު ރޯދައަށް ތިބެން ޖެހޭއިރު އިނގިރޭސިވިލާތް، ސްވިޑެން، ސްކޮޓްލޭންޑް، ޑެންމާކް، ނޯވޭ އަދި ރަޝިއާގެ މުސްލިމުން ރޯދައަށް ތިބެން ޖެހެނީ ގިނަ ވެގެން 18 ގަޑިއރު އެވެ. ދެން އެންމެ ގިނައިރު ރޯދަ ހިފަން ޖެހޭ ފްރާންސ،ް ކަޒަކިސްތާން، ބެލްޖިއަމް، ސްވިޒަލޭންޑް، ރޯމޭނިއާ އަދި ކެނެޑާއިން 17 ގަޑިއރު ރޯދަ ހިފަންޖެހެ އެވެ.

ޗައިނާ އާއި އެމެރިކާ ފަދަ ގައުމުތަކުން ގިނަވެގެން 16 ގަޑިއިރު ރޯދަ ހިފަން ޖެހޭއިރު ތުރުކީ އާއި ޖަޕާން އަދި ޕާކިސްތާނުން ރޯދަ ހިފަން ޖެހެނީ 15 ގަޑިއިރެވެ.

ރާއްޖެ ހިމެނެނީ 14 ވަރަކަށް ގަޑިއިރު ރޯދަ ހިފަން ޖެހޭ ގައުމުތަކުގެ ލިސްޓުގައި އެވެ. އެ ލިސްޓުގައި ހިމެނޭ އެހެން ބައެއް ގައުމުތަކުގެ ތެރޭގައި ސްރީލަންކާ، ޔަމަން އަދި ސޫދާން އަދި ތައިލޭންޑް ހިމެނެ އެވެ.

އެންމެ ކުރުކޮށް ރޯދަ ހިފަން ޖެހޭ ގައުމުތަކުން ރޯދައަށް ހުންނަން ޖެހެނީ 11 ގަޑިއިރު އެވެ. އެގައުމުތަކުގެ ތެރޭގައި ހިމެނެނީ ނިއުޒިލޭންޑް، ޗިލީ އަދި އުރުގުއޭ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް