މި ރަމަޟާން މަހަށް ދުވަހުން އިއުލާނުކުރި ކުރުވާހަކަ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފިއެެވެ. އެގޮތުން ދުވަސް އިން އިންތިޒާމް ކޮށްގެން ކުރިއަށް މި ގެންދާ ފުރަތަމަ ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ޖުމުލަ 25 ވާހަކަ ހުށަހަޅާފައިވެއެވެ.
މި މުބާރާތުގެ ފުރަތަމަ ވާހަކަ މާދަމާ ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެއެވެެ.
މި މުބާރާތް ކުރިއަށް ދާނެ ގޮތަށް ބަލާއިރު، ކޮންމެ ދުވަހަކުވެސް އެއް ވާހަކަ ދުވަސް ގެ ފޭސްބުކް ޕޭޖްގައި ހިއްސާ ކުރެވޭނެއެވެ. އަދި އެ ޕޯސްޓް ކުރާތާ 24 ގަޑިއިރު ތެރޭގައި އެ ވާހަކަ ޝެއަރ ކޮށް، ރިއެކްޓް ކުރުމަށް ބެލޭނެއެވެ. ވަނަ ވަނަ ކަނޑައެޅުމުގައި ސޯޝަލް މީޑިޔާ ގެ ހަރަކާތްތެރިކަމަށް 30 އިންސައްތަ އަދި ޖަޖް ކުރުމަށް 70 އިންސައްތަ ދެވޭނެއެވެ.
އެގޮތުން، ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކު، ވާހަކަ މުބާރާތުގެ ވާހަކައެއް ކިޔުންތެރިންނަށް ގެނެސްދެވޭނެއެވެ.
މި މުބާރާތަށް އިންސާފުކުރާނީ ދުވަސް އިން ފަނޑިޔާރުންގެ ކޮމެޓީ އަކުންނެވެ. ފަނޑިޔާރު ކޮމިޓީ ލީޑުކުރައްވާނީ ވާހަކަ ލިޔުންތެރިޔާ އަދި ނޫސްވެރިޔާ އަލީ ސުލައިމާން އެވެ.
މި މުބާރާތުގައި އެއްވަނައަށް 4،000 ރުފިޔާ، ދެވަނަ އަށް 2،000 ރުފިޔާ، ތިންވަނައަށް 1،500 ރުފިޔާ އަދި ޓޮޕް ތިނަކަށްފަހު ދެން ހޮވާލެވޭ ޓޮޕް ފައިވް ވާހަކައަށް ކޮންމެ ވާހަކައަކަށް 500 ރުފިޔާ ދޭގޮތަށް ދުވަހުން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް