މަސް ނިމޭއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސަށް އިތުރު ކުރެވިގެން ދާނެ ގޮތް އުރީދޫ މޯލްޑިވްސް އިން ހަދައިފިއެވެ.
އިއްޔެ ނޫސްވެރިންނާއި ބައްދަލު ކުރައްވައި، އުރީދޫގެ އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ، އުރީދޫގެ ޕޯސްޓްޕެއިޑްގެ ޕްލޭންތަކުގެ 600 އިން މަތީގެ ހުރިހާ ޕެކޭޖްތައް ބޭނުން ކުރާ ފަރާތްތަކަށް، ދެން އަންނަ މަހަށް ބާކީ ހުރި ޑޭޓާ ގެންދެވެނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި މަހުގެ ބާކީ ޑޭޓާ ހުރެއްޖެއްޔާ ދެން އަންނަ މަހަށް ގެންދެވޭނެ، އޭޕްރިލް މަހުގެ ހުންނަ ޑޭޓަތައް މެއި މަހަށް ގެންދެވޭނެ"، ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި މިއީ އުރީދޫން ދިރާސާތަކެއް ކުރުމަށްފަހު ގެނައި ބަދަލުތަކެކެވެ. ނިޔާޒް ވިދާޅުވީ، އަނެއް މަހަށް ޑޭޓާ ގެންދެވޭ ގޮތަށް އަދި ހަމަޖެހިފައި އޮތީ މޯބައިލް ޑާޓާ ބޭނުން ކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.
"ފައިބާގެ ޑޭޓާއެއް، އަދި އަޅުގަނޑުމެންނަކަށް އެ ލެވެލްއަކަށް ދާން ނުވިސްނަން، ފިކްސްޑް ބްރޯޑްބޭންޑް ޑޭޓާ އަކީ ޝެއާޑް، ޑޭޓާ، ގޭގެ އެންމެން ބޭނުން ކުރާ ޑޭޓާއެއް ވީމަ އަޅުގަނޑުމެން މިހާރު ބެލި ބެލުމަކަށް ނުހުރޭ ގެންދާނެ އެއްޗެއް، ބާކީ ހުރި އެއްޗެހި ގެންދެވޭނީ، އެއްޗެއް ހުރެގެންތާ"،
ނިޔާޒް ވިދާޅުވީ، އެހެންވެ ބޮޑަށް ފޯކަސް ކޮށްފައިވާނީ ބޮޑެތި ޕެކޭޖްތަަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް